ރާއްޖޭގެ ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.

އެ އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ އެސޯސިއޭޝަންގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވަން ޖެހޭ ބައި އިލެކްޝަން ބޭއްވުމަށް ޔޫތު މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށެވެ.

އެހެންވެ އެ އިންތިހާބު މި މަހު 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެއާއެކު ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ ކަމަށެވެ،

ޗެއާޕާސަންކަމަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރު ހައެއް ޖަހަން ދެނެވެ.

ފިލްމު އެސޯސީއޭޝަންގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރީން ހުންނެވި މުހައްމަދު ނަޝީދު ނިޔާވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން