މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޒާޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީ ހަރުގޭގައި މިރޭ ވާހަކަފުޅު ދައްކަވައިފިއެވެ.
އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޒާޔާ ވަނީ ސަރުކާރުގެ ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރު، ހިއްކި ބިމެއް ނުވަތަ ކުރިއަށް ގެންދެވުނު މުހިންމު ތަރައްގީގެ މަޝްރޫއެއް ފެންނަން ނެތްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ހުޅުމާލޭ ފޭސް ދޭއްގެ ގޯތިތަކުގައި ފެނާ ނަރުދަމާގެ ޚިދުމަތް ނުދެވޭ މައްސަލައާއި، ރަސްމާލެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވެސް ވަނީ ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، ސަރުކާރުގެ އޮފީސްތަކަށް ރައްޔިތުންގެ މަންދޫބުން ގޮސް ބަދަލުކުރަން އެދުމުން އެކަމަށް އިޖާބަ ނުދޭ މައްސަލައާ ގުޅޭގޮތުން ވެސް އޭނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ސަރުކާރުން ރައްޔިތުންނާ އެކަހެރިވެ، ފުލުހުން ބޭނުންކޮށްގެން އޮފީސްތަކުގެ ސެކިއުރިޓީ ވަރުގަދަކުރާ ކަމަށް ތުހުމަތުކުރައްވައި، މިކަމަށް އަންހެން ކައުންސިލަރުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ARG

ކިޔުންތެރިންގެ ހިޔާލު