ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
މާލޭގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރުމަށް ޚާއްސަކޮށް އޮންލައިން ޕޯޓަލެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފް ކޮށްފިއެވެ.

މި ޕޯޓަލަކީ ދަރިވަރުން ސްކޫލަށް ވެއްދުމާއި، ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަ ކުރުމުގެ މަގުސަދުގައި ތައްޔާރުކުރެވުނު ޕޯޓަލެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ފޯމާގުޅޭ އިތުރު ޑޮކިއުމެންޓްތައްވެސް ހުށައެޅޭނެ ކަމަށާއި، އޮންލައިންކޮށް ފޯމް ހުށަހެޅުމުން ޕޯޓަލް މެދުވެރިކޮށް ބެލެނިވެރިޔާގެ ފޯނަށް ޖަވާބު ސްލިޕް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖާގަ ލިބޭ ސްކޫލްތަކަށް އިތުރު ޑޮކިއުމެންޓް ހުށައަޅަން ނުޖެހި ޕޯޓަލް މެދުވެރިކޮށް އެކަންކަން ހަމަޖެހިގެންދާނެ ކަމަށާއި، އަދި ސްކޫލަށް ކުދިން ވެއްދުމާއި ގުޅިގެން ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށްވެސް މި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މުޅިން އަލަށް މި އިފްތިތާހް ކުރި އޮންލައިން ޕޯޓަލްއާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަރުހަލާތަކުގައި ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށާއި، ސްކޫލްތަކަށް ދާން ނުޖެހި ފަސޭހަކަމާއެކު ސްކޫލަށް ވެއްދުމުގެ ކަންކަން ކުރެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން