ރައީސް ޞާލިޙް (ކ) އާއި ރައީސް ނަޝީދު (ވ)
ރައީސް ޞާލިޙް (ކ) އާއި ރައީސް ނަޝީދު (ވ)
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވި ޚިޠާބާއެކު ރަނުންރަނަށް ވަޢުދު ފުއްދޭނެކަން ކަށަވަރު ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 52 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައި ކުރެއްވި ޓްވީޓެއްގައި، ދިވެހި ޖުމްހޫރިއްޔާގެ 4 ވަނަ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައީސް އިބްރާހީމްގެ ޚިޠާބުގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެ، ރައްޔިތުންނަށް އުންމީދު އާ ވާނެ ކަމަށެވެ.

"މާތްﷲގެ އިރާދަފުޅުން ރަނުން ރަނަށް ވައުދު ފުއްދޭނެ. ޝުކުރިއްޔާ ރައީސް." ރައީސް ނަޝީދު ވިދާޅުވިއެވެ.



ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް އިބްރާހީމް ވިދާޅުވީ، ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ.

އެގޮތުން ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާއި، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން