ރައީސް ނަޝީދު (ވ). ދީނީ ޢިލްމުވެރިޔާ އިބްރާހިމް ފަރީދު (ކ) އާއި އެކު
ރައީސް ނަޝީދު (ވ). ދީނީ ޢިލްމުވެރިޔާ އިބްރާހިމް ފަރީދު (ކ) އާއި އެކު
ދިވެހިންގެ ދީނީ ޢަޤީދާ ނުގުޑާނެ ކަމަށް ވިދާޅުވެ، ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 895 އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިސްލާމްދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަންފެށީ ދަންނަބޭކަލުންގެ މަޑުމައިތިރި ސުލްޙަވެރި މަސައްކަތްޕުޅުން ކަމަށެވެ. އަދި ދިވެހިންގެ ޢަޤީދާ ބަދަލުކުރަން އެހެނިހެން ގޮތްގޮތުން މަސައްކަތް ކުރިޔަސް ދިވެހިންގެ އިސްލާމީ ޢަޤީދާ ނުގުޑާނެކަމަށް އެ މަނިކުފާން ވިދާޅުވިއެވެ.

"ދިވެހިންގެ ޢަޤީދާ ބަދަލުކުރަން ތަފާތު ދަންނަބޭކަލުންގެ ނަމުގައި މީހުން މަސައްކަތްކުރޭ. ދިވެހިންގެ އިސްލާމީ ޢަޤީދާ ނުގުޑާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ތާރީޚީ ފަތްފުށްތައް ބުނާ ގޮތުން ދިވެހި ދަޢުލަތުގެ ރަސްމީ ދީނެއްގެ ގޮތުގައި އިސްލާމްދީން ކަނޑައެޅިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރާ މަހުގެ 2ވަނަ ދުވަހުއެވެ. މީލާދީ ގޮތުން ދިވެހި ދަޢުލަތުގެ ރަސްމީ ދީނެއްގެ ގޮތުގައި އިސްލާމްދީން ކަނޑައެޅިގެން ދިޔައީ 1153ވަނަ އަހަރުއެވެ. އެދުވަސްވަރު ރަސްކަމުގެ ތަޙުތުގައި އިންނެވީ ދަރުމަވަންތަ މަހާރަދުންނެވެ.

ދަރުމަވަންތަ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވި ކަމަށް ތާރީޚުގައި ލިޔެވިފައިވަނީ، މަޣްރިބްކަރައިގެ ބޭކަލެއް ކަމަށްވާ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީ އެވެ. ރާއްޖެ އިސްލާމްވުމާއި ގުޅޭ ފޯކްލޯރުތައް އެކި ގޮތްގޮތަށް ވާރިދުވަމުން އައިސްފައިވެއެވެ. އޭގެ ތެރެއިން އެންމެ ޢާއްމު އެއް ވާހަކައަކީ ރަންނަމާރީގެ ފޯކްލޯރެވެ.

ދިވެހި ރައްޔިތުން އިސްލާމްވި ދުވަސް ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ ހިޖުރައިން 1374 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

މުހައްމަދު

18-Nov-2020

ދިވެހިންގެ އިސްލާމީ އަގީދާ ގުޑުވަން އުޅެނީ މިބޭފުޅުން ރައްޔަތުން އޮޅުވަން މަސައްކައި ނުކުރައްވާ ރައްޔަތުން އޮޅުވައެއް ނުލެވޭނެ



ޓްރެންޑިން