ރާއްޖޭގެ ޕްރީ ސްކޫލެއް
ރާއްޖޭގެ ޕްރީ ސްކޫލެއް
ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް ޙަވާލުކޮށްފައިވާ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސް ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ޒަކާތު ފަންޑުން ދޭން ކަނޑައެޅި 1.5 މިލިއަން ރުފިޔާގެ އެހީ ދޫކޮށްފައިވާ ކަމަށާއި، އެ ފައިސާ އަކީ ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން ދިން ފައިސާގެ އެހީއެއް ކަމަށެވެ.

އެގޮތުން އެހީއަށް އެދުނު ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު 25 ޕްރީ ސްކޫލަކަށާއި، 23 ޤުރުއާން ކްލާހަކަށް މި ފައިސާ ދޫކޮށްފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. މިއެހީގެ ދަށުން ޕްރީ ސްކޫލްތަކަށް 1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޤުރުއާން ކްލާސްތަކަށް ދޫކޮށްފައިވަނީ ފަސްލައްކަ ރުފިޔާއެވެ.

"ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް ވަނީ ހަވާލުކުރެވިފައި. މި ފުރުސަތުގައި އިސްލާމިކް މިނިސްޓްރީގެ އެންމެހާ މުވައްޒަފުންނަށާއި، އަދި ވަކިން ޚާއްސަކޮށް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން." އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓްގައި ވެއެވެ.

މިއީ އިސްލާމިކް މިނިސްޓްރީ އާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދޫކޮށްފައިވާ އެހީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން