ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކީރިތި ޤުރުއާނާއި ދޭތެރޭގައި އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެއަށް ވުރެ މާބޮޑަށް ކީރިތި ޤުރުއާނަށް ޤަދަރު ކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޤުރުޢާނާމެދު ރައީސް ނަޝީދަށް ވިސްނިވަޑައިގެންފައި އޮންނަގޮތް ގޯސް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށީ ދާއިރާގެ، އަޙްމަދު ސަލީމް ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ސަލީމްގެ ވާހަކަ ހުއްޓުވުމަށްފަހު ކޯފާވެ ހުންނަވާ އެކަމަށް ރައްދު ދެއްވާފައެވެ.

"ޢިއްޒަތްތެރި މެމްބަރު ތި މޭރުމަކުން ވާހަކައެއް ނުދެއްކެވޭނެ އިނގޭތޯ. ޤުރުއާނާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮވެގެންނެއް ނޫން މި ދެންނެވީކީއެއް. އޮތް ޤަދަރެއްގެ ބޮޑުކަމުން. ޢިއްޒަތްތެރި މެމްބަރަށް ކުށް ވިދާޅުވެވޭ އިރުގައި އަޅުގަނޑަށް ނޭންގި މިތަނުގައި އެ ކުށް ޤަބޫލުކޮށްގެން ކުރިއަށް ގެންދެވިދާނެތީވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކީރިތި ޤުރުއާންގެ އާޔަތެއް ކިޔައި މާނަ ވިދާޅުވާން ފެށުމުން ރައީސް ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރުމަށް އެދިލައްވާފައެވެ. އަދި މަޖިލީހުގައި ޝޭޚުން މަދު ކަމަށާއި، މެމްބަރުންނަކީ ދީނީ ޢިލްމު ވެރިން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާން ގުރުއާން ހިތުދަސް ނޫން ކަމަށާއި، އެހެންކަމުން އެމަނިކުފާން ރިޔާސަތުގައި އިންނައިރު މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވުމުން އޭގެ ސައްހަކަން އެމަނިކުފާނަށް ކަށަވަރު ނުކުރެވޭ ކަމަށެވެ. މަޖިލީހުގެ ޤަވާއިދުގައި އޮންނަނީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފްނުވާނެ ގޮތަށް ކޮންމެ ވާހަކައެއްވެސް މަޖިލީހުގެ ތަޅުމުގައި ދެއްކޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަބްދޫ

27-Nov-2020

ޔަހޫދީންނާނަސްރާނީންނަކީ މާތްﷲ ބާވައިލެއްވި ދެފޮތުގެ އަހުލުވެރިން އެދެފޮތަށް ތަބައާވާމީހުން.އެދެދީނުގެ މީހުން ކާފަރުންނަށްވީ ކީރިތި ގުރްއާނާ މުހަންމަދުގެފާނުގެ ރަސޫލުކަން ގަބޫލު ނުކުރުމުން.ދިވެއްސަކަށްވިޔަސް އެކަންގަބޫލު ނުކުރާކަމަށް އިގްރާރު ވެއްޖެނަމަ ވާނީ ކާފަރަކަށް.އަލީއިބްރާހީމް އެބުނާވާހަކަ އަލީއިބްރާހީމްގާތު ނަސީދު ބުނިނަމަ ކާފަރަކަށް ވާނެކަން ޔަގީން.ެއަލުން އިސްލާމްދީނަށް ވަނުމަށް އިޔާޒް ދައުވަތު ދިންވާހަކަ ނަސީދު ބުނި.އިލްމުވެރިޔަކު އެފަދަ ދައުވަތެއްދިނުމަކީ މުސްލިމަކުނޫންކަން ސާބިތުވެވިދާނެ ހެއްކަކަށް ފުދޭނެ.


10

ޕަޓާސް

25-Nov-2020

ގުރުއާނަށް ގަދަރު ކުރަމޭ ބުނާއިރު, ތިޔަމަޖުލީހުގެ މެޖޯރިޓީ އިން ދީނީ އުސޫލުތަކާއި އިދިކޮޅު ކަމެއް, ފާސް ކުރިޔަސް, އައްނި އެއީ ޑިމޮކްރަަސީ ކަމެއް ކަމަށް ބުނެ އެކަން ގާނޫނަކަށް ހަދާނެ. އެހެންވާ ހާލަތުގާ އިސްލާމްދީން އެއްކާރި އެކުރެވެނީ.


-9

ޕަޓާސް

25-Nov-2020

ގުރުއާނަށް ގަދަރު ކުރަމޭ ބުނާއިރު, ތިޔަމަޖުލީހުގެ މެޖޯރިޓީ އިން ދީނީ އުސޫލުތަކާއި އިދިކޮޅު ކަމެއް, ފާސް ކުރިޔަސް, އައްނި އެއީ ޑިމޮކްރަަސީ ކަމެއް ކަމަށް ބުނެ އެކަން ގާނޫނަކަށް ހަދާނެ. އެހެންވާ ހާލަތުގާ އިސްލާމްދީން އެއްކާރި އެކުރެވެނީ.



ޓްރެންޑިން