ސުކޫކަކީ އިސްލާމީ ބޮންޑެއް ކަމަށާއި، ސުކޫކަށް ރަޙުނު ބޭނުން ނުވާކަމަށް އެމްޓީސީސީގެ ކުރީގެ އެމްޑީ އަދި އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރު، ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ފައިނޭންސް ކުރަން ސަރުކާރުން ވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކެއް ބޭރުގެ ފަރާތަކަށް ވިއްކުމަށް ނިންމާފައެވެ. މި ސުކޫކު ވިއްކުމަށް ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަން ނިންމާފައެވެ. އަދި މިއީ ދަރުމަވަންތަ ހޮސްޕިޓަލް ރަޙުނު ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ، ސުކޫކަކީ އިސްލާމީ ބޮންޑެއް ކަމަށާއި، ސުކޫކަށް ރަޙުނު ބޭނުން ނުވާ ކަމަށެވެ. އަދި އެ މުޢާމަލާތުގައި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކުރަނީ ރަޙުނެއްގެ ގޮތުގައި ނޫންކަމަށް ނަސީމް ވިދާޅުވިއެވެ.
"އެބުނާ އެސެޓް އެއީ ވިޔަފާރީގެ އިތުބާރު އިތުރުކޮށްދޭ އެއްޗެއް. އެއީ ރަހުނެއް ނޫން. ރަހުނެއް ނޫންކަމަށް ވާއިރު.. އެ އެސެޓް ވިއްކާ ވާހަކައެއް ނާންނާނެ." ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ، ސުކޫކުގެ ވިޔަފާރިއަށް ބޭނުންކުރާ އެސެޓަކީ ވިޔަފާރީގެ އިތުބާރު އިތުރުކޮށްދޭ އެއްޗެއް ކަމަށާއި، އެއީ ރަޙުނަކަށް ނުވާތީ ވިއްކާލާ ވާހަކަ އިސްލާމީ ސުކޫކެއްގައި ނާންނާނެ ކަމަށެވެ.
ދައުލަތަށް އާމްދަނީ ހޯދުމަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކުރިޔަސް، އެތަން ވިއްކައި ނުވަތަ ރަހުނު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑެޓް އިންސްޓުރުމަންޓެއް (ދަރަންޏެއްގެ ގޮތުގައި ބަލާ އެއްޗެއް) ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު