ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާ މެދުގައި ހަރުކަށި ގޮތެއްގައި އަމަލު ކުރާ ކަމަށާއި ވެރިން ޖަލަށްލުމުގެ ސަގާފަތް ހުއްޓަންވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ"ގެ ދެވަނަ ޕްރޮގުރާމުގައި ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީހަކު ކުށެއް ކުރާ ނަމަ، އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި އެކަމާ އެއްވެސް ގޮތަކަށް އިންކާރު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ވެރިކަން ކުރެއްވި ދެ ތިން ބޭފުޅުންނަށް ބަލާ އިރު، އެންމެން އެމަނިކުފާނާ ގަޔާ ނުވާ ކަމަށެވެ. އަދި ބައެއް ބޭފުޅުން ހިތްހަމަނުޖެހުނަސް، އެމަނިކުފާނަށް އިހްތިރާމް ކުރާ ބަޔަކު ވެސް އުޅުއްވާނެ ކަން ފާހަގަ ކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައިގައި ވަރަށް ބޮޑަށް ދެރަފުޅުވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާފައި ނުވާނެކަމަށެވެ. މައުމޫން ޖަލަށް ނުލީ އެމަނިކުފާނު ކަމެއް ނުކުރައްވާތީ ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މައުމޫނަކީ އިންތިހާ އަށް އަނިޔާވެރި 30 އަހަރުގެ ދިގު ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް. ދިވެހިން ފިތްކަނޑައިގެންދާ ވަރުގެ އަނިޔާވެރި ވެރިކަމެއް ކުރެއްވި. އަޅުގަނޑު އެކަން ބެލީ ތާރީހުގެ ފަތް ފުށަށް ގެންދެވި އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދަން،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ވެރިކަން ކުރެއްވި ބޭފުޅުން ޖަލަށް ނުލައި ވެސް އެމަނިކުފާނަށް ވެރިކަން ކުރެއްވުނެވެ. އެކަމަކު، އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ޖަލަށް ގެންދެވި ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ރައީސް ޔާމީން ވެސް އަނެއްކާ ވެސް މަސައްކަތް ކުރެއްވީ އަޅުގަނޑު ގެންގޮސް ޖަލަށްލާން. އަޅުގަނޑުގެ ވާހަކައަކީ މިގޮތަށް މިކަން ހިނގާހާ ދުވަހަކު ހުއްޓުމެއް ގެނެވެން ނެތޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެދިވަޑައިގަންނަވަނީ އެކަމަށް ހުއްޓުމެއް އައުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު