މަޖިލިސް ރައީސް މުހައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް
މަޖިލިސް ރައީސް މުހައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް
ވަކި ފައިދާއެއް ހޯދުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކީރިތި ޤުރުއާންގެ އާޔަތްތައް ކިޔެވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

”އާސްކް ސްޕީކަރ“ގެ ދެ ވަނަ ޕްރޮގްރާމްގައި، ބަނގުރާ ޢާންމުކޮށް ވިއްކާ ވާހަކަ މަޖިލީހުގައި ދައްކަވާއިރު އެ ވާހަކަ ނުހުއްޓުވައި، ޤުރުއާންގެ އާޔަތްތައް ކިޔަވަން ފެށުމުން އެކަން މަނާކުރައްވަނީ ކީއްވެތޯ ޢާންމު ފަރާތަކުން ކުރި ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނާއި މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ދަންނަ ބޭކަލުންނެއް ނޫން ކަމަށެވެ. މިއީ އެމަނިކުފާނު މަޖިލީހުގައި ވެސް ވިދާޅުވި ވާހަކައެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަކަދައްކަވަނީ ވަރަށް ޖޯޝުގައި ކަމަށާއި ބައެއް ހާލަތްތަކުގައި ވާހަކަދައްކަވަނީ އެންމެ އެދެވިގެންވާ ބަހުރުވަ ބޭނުން ކުރަށްވައިގެން ވެސް ނޫންކަމަށެވެ. އަދި ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވަންވާނީ ވަރަށް ޤަދަރުވެރިކޮށްކަމަށާއި އޮރިޔާން ހާލުގައިހުރެ ކިޔެވުމަކީ ވެސް ރަނގަޅުކަމެއް ނޫންކަމަށެވެ. އެހެންކަމުން ސިޔާސީ ބޭނުމެއްގައި ވަކި ފައިދާއަކަށް ޤުރުއާން ކިޔަވަން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ތިއްބެވީ ދީނީ ދަންނަ ބޭކަލުންނަށް ނުވުމުން އާޔަތްތައް ރަނގަޅަށް ވިދާޅުނުވެވޭކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި މަޖިލީހުގެ އެއްވެސް ރައީސަކު މަޖިލީހުގައި ޤުރުއާން ކިޔަވަން ބާރުއަޅުއްވާފައި ނުވާކަމަށެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ރައްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިން ވަނީ އެމަނިކުފާނުގެ މި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެބޭފުޅުން ވިދާޅުވަނީ ކީރިތި ޤުރުއާން ކިޔަވަން ޖެހޭނީ ހަމައެކަނި ޤުރުއާން ހިތުދަސް ދަންނަ ބޭކަލުން އެކަނި ނޫން ކަމަށެވެ. އަދި ޤުރުއާން އަޑު އިވޭ ނުވަތަ އަހާ މީހާއަކީވެސް ޤުރުއާން ހިތުދަސް ދަންނަ ބޭކަލަކަށް ވާކަށް ނުޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން