ބޭންކް އޮފް މޯޅްޑިވްސްގެ އިމާރާތެއް
ބޭންކް އޮފް މޯޅްޑިވްސްގެ އިމާރާތެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީއަށްއެދި ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން އެހީވެދޭނެ 10 ރަށެއް ހޮވައިފިއެވެ.

ބީއެމްއެލް އިން ކުރި ޓްވީޓެއަގއި ބުނީ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" ގެ ދަށުން މި އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް މިހާރު ހޮވާފައިވާ ކަމަށެވެ. އަދި ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކަށް ބޭންކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބީއެމްއެލް އިން ހޮވި 10 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެނީ ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން، ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން، ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން، ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން، ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން، އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން، އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން، ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން، ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރުން، އަދި ގދ. ހޯޑެއްދޫގައި ނޭޗަ ޕާކް ތަރައްގީ ކުރުމެވެ.

ބީއެމްއެލްގެ މި ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މި ފަންޑު ތައާރަފުކުރި ފަހުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން