ލަންކާގައި ރާއްޖޭގެ ހަތަރު ޖީލެއްގެ ލީޑަރުން ވަޅުލާފައިވާ ކަމަށާއި، ދިވެހިންނަށް ޚާއްސަ ޤަބުރުސްތާންތައް ލަންކާގައި ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ސަބަބުން މަރުވާ މުސްލިމުން އެންދުން ސްރީލަންކާ ސަރުކާރުން މަޖްބޫރު ކޮށްފައިވާތީ، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވެސް އަންދަންޖެހޭތީ ރާއްޖެ ގެނެސް އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގައި އެދިފައެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާ މުސްލިމުން ރާއްޖެ ގެނަސް ވަޅުލުމަކީ ރަނގަޅުކަމެއް ކަމަށާއި ލަންކާ އަކީ ރާއްޖެއާއި އެންމެ ގާތް އެއްގައުމު ކަމަށެވެ. އަދި ކޮންމެ ހާލެއްގައިވެސް ދެގައުމު އެކީގައި ތިބެން ޖެހޭނެ ކަމަށާއި އެގައުމުގެ މުސްލިމުން ރާއްޖޭގައި ވަޅުލެވިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންނަށް ހާއްސަ ގަބުރުސްތާނުތައް ލަންކާގައި ހުރި ކަމަށާއި، ޖަވަތާ މިސްކިތުގައި ރާއްޖޭގެ ހަތަރު ޖީލެއްގެ ލީޑަރުން ވަޅުލާފައިވާ ކަމަށެވެ.
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާމެދު ދީނީ ޢިލްމުވެރިން ގެންދަވަނީ ތަފާތު ޚިޔާލުތައް ފާޅު ކުރަށްވަމުންނެވެ. އަދި ކުރީގެ ރައީސް މައުމޫން އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާއިރު، ޖޭޕީގެ ލިޑަރ ޤާސިމް އާއި ޢަދާލަތު ޕާޓީން ވަނީ އެކަމަށް ތާޢީދު ކޮށްފައެވެ.
ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވުމާއެކު، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ދިވެހި ޚާރިޖިއްޔާއިން އެކަން ހާމަކުރީ ލަންކާގެ މީޑިއާތަކުން އެ ޚަބަރު އާންމު ކުރުމުންންވެ. ނޫސްތަކުން ބުނީ އެކަމަށް އެދި ހުށައެޅީ ރާއްޖެއިން ކަމަށެވެ.

Good that Maldives & Sri Lanka trying to address this issue. 🇱🇰 is our most valued friend and our cousin. We stick together in sickness and & health. 🇱🇰 Muslims can be buried in 🇲🇻. There r burial grounds for Maldivians in 🇱🇰- Jawatha mosque has 4 generations of Maldivian leaders https://t.co/g9T8zFZOpW
— Mohamed Nasheed (@MohamedNasheed) December 15, 2020
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާމެދު ދީނީ ޢިލްމުވެރިން ގެންދަވަނީ ތަފާތު ޚިޔާލުތައް ފާޅު ކުރަށްވަމުންނެވެ. އަދި ކުރީގެ ރައީސް މައުމޫން އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާއިރު، ޖޭޕީގެ ލިޑަރ ޤާސިމް އާއި ޢަދާލަތު ޕާޓީން ވަނީ އެކަމަށް ތާޢީދު ކޮށްފައެވެ.
ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވުމާއެކު، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ދިވެހި ޚާރިޖިއްޔާއިން އެކަން ހާމަކުރީ ލަންކާގެ މީޑިއާތަކުން އެ ޚަބަރު އާންމު ކުރުމުންންވެ. ނޫސްތަކުން ބުނީ އެކަމަށް އެދި ހުށައެޅީ ރާއްޖެއިން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު