ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ ދަންތުރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގޮތުން އެކުލަވާލި އިންތިޤާލީ އިންސާފުގެ ބިލް ރައީސް ޞާލިޙް މިއަދު ވަނީ ތަސްދީޤު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން މެމްބަރު އާދަމް ޝަރީފް ޢުމަރު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ، އެ ޤާނޫނަކީ ސަރުކާރު ކޯލިޝަންގެ ވެރިން އަނދަގޮނޑި ޖަހައިގެން ގެންގުޅެން އުފެއްދި ދަންތުރައެއް ކަމަށެވެ. އަދި އެއީ ވެރިކަންކުރާ ކޮންމެ މީހަކު ޖަލަށް ލުމަށް ހެދި ދަންތުރައެއް ކަމަށާއި، އެ ތަންތުރައިން ރައީސް ޞާލިޙްވެސް ސަލާމަތް ނުވާނެ ކަމަށެވެ.

އާދަމް ޝަރީފްގެ ޓްވީޓްގައި ވަނީ ބަދަލު ހިފުމުގެ ސަޤާފަތް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އާދަމް ޝަރީފް މިފަދަ މޭރުމަކުން ޓްވީޓް ކުރަށްވާފައިވާއިރު އާދަމް ޝަރީފްގެ ޑިފެންސް މިނިސްޓަރު ކަމުގައި ރާއްޖޭގެ ސިޔާސީ އިސް ފަރާތްތައް ޖަލަށްލައި އެ ފަރާތްތަކަށް ޝަރުޢީ ދާއިރާ މެދުވެރިކޮށް ވަނީ ބޮޑެތި ޙުކުމްތަކެއް ކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލަން ސިފައިންނަށް ހިތްވަރު ދެއްވީވެސް އާދަމް ޝަރީފެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނާއެކު ވޭތުވެދިޔަ ފަސްދޮޅަސް ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދަޢުލަތުގެ ފަރާތުން މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ގެއްލިފައިވާ ހައްގެއް ނުވަތަ ލިބިފައިވާ އަނިޔާއެއް ނޫންނަމަ ނުހައްގުން އަދަބެއް ލިބިފައިވާނަމަ އެމައްސަލައެއް ބަލައިދީ އެފަރާތަކަށް އިންސާފު ހޯދައި ދިނުން ދައުލަތުގެ މައްޗަށް ލާޒިމުވެގެން ދިޔައީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން