ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މައްސަލާގައި، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަންވީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ އިންސާފުގެ ގާނޫނާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންތިޤާލީ އިންސާފުގެ އޮމްބަރޑްސްމަންގެ އޮފީހުން ހޯދޭ ޙައްލުތަކުގެ ތެރޭގައި ތެދު ހާމަ ކުރުމާއި މާފް ކުރުން ހިމެނޭ ކަމަށާއި، އަދި ބަދަލު ދިނުންވެސް ހިމެނޭ ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ނިޒާމުންބޭރުން އަބްދުﷲ ގާޒީ ރަހީނުކޮށް އިންސާނީ ޙައްގުތަކަށް އަރައިގެންފައިވާތީ އެކަނިވެސް، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދަޢުވާ އުފުލަން ޖެހޭނީ ރައީސް ނަޝީދުގެ މައްޗަށް ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު މިމައްސަލަ އަލުން ބަލަން ފުރުޞަތުދޭން ކެރޭނެތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީނާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއްނޫން ކަމަށާއި، ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއްވެސް ނޫން ކަމަށެވެ. އަދި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުންނާނެ ކަމަށާއި، ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ވަރަށްއަވަހަށް ސާބިތުވެގެންދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ހުކުރު ދުވަހު ހަވީރު ބޭއްވި ނޫސްކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނުގެ މަޤްސަދަކީ މާފަށް އެދުމާއި، މާފް ކުރުން ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރުންކަމަށެވެ. އަދި ރުޅިވެރިކަން ނައްތާލައި ހަސަދަވެރިކަން ފިލުވާލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން މާފަށް ނޭދޭ މައްސަލަތަކުގައި، ޙައްލު ނުލިބޭނަމަ ޖިނާޢީ ދަޢުވާކުރުމުގެ ފުރުސަތު މި ޤާނޫނުން ލިބިދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ކަމެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ޤާޟީ) ދިރިއުޅުއްވާ ގެއަށް، ޖެނުއަރީ 16، 2012 ވަނަ ދުވަހުގެ ރޭ އިރާކޮޅު ސިފައިން ވަދެ އޭނާ ހައްޔަރުކޮށް ގަދަކަމުން ގިރިފުއްޓަށް ގެންގޮސް ފޮރުވި ކަމަށް ބުނެ، ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ކްރިމިނިލް ކޯޓުން ހުކުމް ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު، މާޗް 13، 2015 ގައެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލީހުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރ 27 ވަނަ ދުވަހުއެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވި ދައުވާ އަކީ ބާތިލް ދައުވާ އެއް ކަމަށާއި، އެމްއެންޑީއެފުން އަބްދުﷲ ޤާޟީ ހައްޔަރު ކުރި ކުރުން، ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ރަހީނު ކުރުމުގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
ވެރިކަމުގައި ހުންނަވައިގެން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށް، އެރަށަށް ލިބުނު ފައިސާ ލޯންޑާ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއްކޮށް 5 މިލިއަން ޑޮލަރުން އެމަނިކުފާން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ޙުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވާއިރު އެކަމުގައި އެކޯޓުން ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާވެސް ދަޢުލަތުން މިހާރުވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު