ހައިކޯޓުން ޑީއެންއޭ ހެކި ބަލައިނުގަތުމަށް ނިންމުމަކީ އަންހެނުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދިނުމުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިގޮތަށް ވިދާޅުވެފައިވަނީ ޒިނޭކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާ ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށް އިސްލާމީ ޝަރީއަތާ ހަވާލާދީ ހައިކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ. ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، ކުޑަހުވަދޫ / ތާޖު، މުހައްމަދު ތައުފީގާއި ށ. ގޮއިދޫ / އަލި ފާތިމަތު ޝަމީމާ، ޒިނޭކުރި ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް، ތައުފީގުގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.
އެކަމާގުޅިގެން ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ކަންވެސް ކުރައްވާފައިވާ ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ، ހައިކޯޓުގެ ހުކުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއިން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި، ހައިކޯޓުގެ މިހުކުމާއެކު ރޭޕްކުރުން ފަދަ ޖަރީމާ ހިންގާ މީހުންނަށް ކުށުން ބަރީއަވުމަށް މަގެއް ފަހިވެގެންދާނެ ކަމަށެވެ. ޑރ. ޝަހީދު ވަނީ ޑީއެންއޭގެ ހެއްކާ ބެހޭގޮތުން ގާނޫނީ އޮނިގަނޑެއް އެކުލަވާ ލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.
ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، އިސްލާމީ ޝަރީއަތުގައި ކަންކަން ޝަރީއަތަށް ސާބިތު ކުރުމުގެ ވަސީލަތް ތަކުގެ ތެރޭގައި އިގްރާރާއި ހެކިބަސް ހިމެނޭ ކަމަށާއި ޒިނޭ ކުރިކަން ދެގޮތަކުން ޝަރީއަތަށް ސާބިތު ކުރެވޭ ކަމަށެވެ. އެއީ ޒިނޭ ކުރި މީހާގެ އިގްރާރު ނުވަތަ އިއުތިރާފުންނާއި، މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.
މި ކަމާ ގުޅިގެން ޑރ. ޝަހީދު ބަހަށް ތާޢީދުކުރަށްވައި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެފައިވަނީ، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ގިނަދުވަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުން އިސްލާމީ ބައެއް ޤައުމުތަކުގައި ޑީއެންއޭ އެވިޑެންސް ހެއްކެއްގެ ގޮތުގައި ކޯޓުތަކަށް ބަލައިގަނެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެގޮތަށް އެކަން ހިނގަމުން ނުދިއުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ދުންޔާވެސް ވިދާޅުވިއެވެ.
މި މައްސަލާގައި ވާހަކަ ދައްކަވަމުން މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛު ޙަމްޒާ ލަތީފް ވިދާޅުވީ، ހައިކޯޓުގެ ޙުކުމްގައި އިސްލާމީ ޝަރީޢަތުގައި ދަރިން ލެއްވުމުގައި ޑީއެންއޭ ބޭނުންކުރުން މުޠުލަޤަށް ހުއްދަނޫން ކަމަށް ބަޔާންކޮށްފައިވާ، ބަޔާން ކުރުމަކީ ރަނގަޅު ވާހަކަތަކެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އިސްލާމީ ޢިލްމުވެރިންގެ އިޖްތިހާދުން އެއީ ބަދަލު ކުރެވިދާނެ ނިންމުމެއްކަމަށް ހަމްޒާ ވިދާޅުވިއެވެ. ހަމަ އެއާއެކު އިސްލާމިކް މިނިސްޓްރީން ފަތުވާ މަޖިލީހުގެ ފަތުވާތައް ޢާއްމުކޮށް ފެންނާނެގޮތް ހެއްދެވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ހައިކޯޓުގެ ޙުކުމްގައި ވަނީ، އިސްލާމީ ޝަރީއަތުގައި ޑީއެންއޭ އެއްވެސް މައްސަލައެއްގެ ހުއްޖަތެއް ނުވަތަ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ އޭގައި ޝަރުއީ ގޮތުން މުހިންމު ޝަރުތުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިގުހުވެރިން ބަޔާން ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ޑީއެންއޭ ތަހްލީލުގެ ނަތީޖާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަސްލަކާ ކަނޑައެޅިގެން ހިލާފުވެގެން ނުވާނެ ކަމާއި، އެއީ ޝަރުއީ ނުސޫސްތައް އިހުމާލުވެގެން ހިގައިދާނެތީ ކަމަށެވެ.
މީގެ އިތުރުން ހައި ކޯޓުގެ ހުކުމުގައި ބުނީ އިސްލާމީ ޝަރީއަތުގައި ދަރި ނަފީ ކުރުމަށް ލިއާން ކުރުން ފިޔަވައި އިތުރު އެހެން މަގެއް ދައްކާފައި ނުވާ ކަމަށާއި ނަސަބު ސާބިތުކޮށް ނަފީ ކުރުމުގައި، ޑީއެންއޭ އަކީ ހުއްޖަތެއް ނޫން ކަމަށް އިސްލާމީ ޖުމްހޫރު ފިގުހު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ. އަދި ޒިނޭ ކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކަނޑައަޅައިފައި ވާކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެއެވެ.

That is definitely a set back! Those working for rights and empowerment of women have long advocated for the acceptance of DNA evidence which is used in many Muslim countries around the world! Very disappointing! @MoGFSSmv @yumna_maumoon @Aishath_Iyadh @musawah @loveinheadscarf https://t.co/47ehOm4Vsm
— Dunya Maumoon (@dunyamaumoon) December 19, 2020
މި މައްސަލާގައި ވާހަކަ ދައްކަވަމުން މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛު ޙަމްޒާ ލަތީފް ވިދާޅުވީ، ހައިކޯޓުގެ ޙުކުމްގައި އިސްލާމީ ޝަރީޢަތުގައި ދަރިން ލެއްވުމުގައި ޑީއެންއޭ ބޭނުންކުރުން މުޠުލަޤަށް ހުއްދަނޫން ކަމަށް ބަޔާންކޮށްފައިވާ، ބަޔާން ކުރުމަކީ ރަނގަޅު ވާހަކަތަކެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އިސްލާމީ ޢިލްމުވެރިންގެ އިޖްތިހާދުން އެއީ ބަދަލު ކުރެވިދާނެ ނިންމުމެއްކަމަށް ހަމްޒާ ވިދާޅުވިއެވެ. ހަމަ އެއާއެކު އިސްލާމިކް މިނިސްޓްރީން ފަތުވާ މަޖިލީހުގެ ފަތުވާތައް ޢާއްމުކޮށް ފެންނާނެގޮތް ހެއްދެވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
I respectfully disagree with the HC that scholarly consensus in Islamic jurisprudence completely prohibits the use of DNA fingerprinting in establishing paternity. I think the trend seems to be in the opposite direction. Scholarly consensus comes from ijtihad so it can change.
— Hamza Latheef (@hamza_latheef) December 19, 2020
ހައިކޯޓުގެ ޙުކުމްގައި ވަނީ، އިސްލާމީ ޝަރީއަތުގައި ޑީއެންއޭ އެއްވެސް މައްސަލައެއްގެ ހުއްޖަތެއް ނުވަތަ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ އޭގައި ޝަރުއީ ގޮތުން މުހިންމު ޝަރުތުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިގުހުވެރިން ބަޔާން ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ޑީއެންއޭ ތަހްލީލުގެ ނަތީޖާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަސްލަކާ ކަނޑައެޅިގެން ހިލާފުވެގެން ނުވާނެ ކަމާއި، އެއީ ޝަރުއީ ނުސޫސްތައް އިހުމާލުވެގެން ހިގައިދާނެތީ ކަމަށެވެ.
މީގެ އިތުރުން ހައި ކޯޓުގެ ހުކުމުގައި ބުނީ އިސްލާމީ ޝަރީއަތުގައި ދަރި ނަފީ ކުރުމަށް ލިއާން ކުރުން ފިޔަވައި އިތުރު އެހެން މަގެއް ދައްކާފައި ނުވާ ކަމަށާއި ނަސަބު ސާބިތުކޮށް ނަފީ ކުރުމުގައި، ޑީއެންއޭ އަކީ ހުއްޖަތެއް ނޫން ކަމަށް އިސްލާމީ ޖުމްހޫރު ފިގުހު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ. އަދި ޒިނޭ ކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކަނޑައަޅައިފައި ވާކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު