ރައީސް ނަޝީދު (ވ) ދީނީ ޢީލްމުވެރިޔާ ޝެއިޚް ފަރީދު އާއިއެކު
ރައީސް ނަޝީދު (ވ) ދީނީ ޢީލްމުވެރިޔާ ޝެއިޚް ފަރީދު އާއިއެކު
ސްރީލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ޚިޔާލް، ސްރީލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސަ އަށް ދެއްވީ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް ލަންކާގެ ނިއުސްއިން އޭޝިއާ ނޫހުން ބުނެފިއެވެ.

ނިއުސްއިން އޭޝިއާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ކޯވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މީހުން އެންދުމަށް ލަންކާ ސަރުކާރުން ނިންމުމުން އެކަމަށް ޙައްލެއް ހޯދުމަށް އެ ޤައުމުގެ އިސްލާމީ ލީޑަރުން މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މުސްލިމުންގެ ހަށިތައް ބޮޑީބޭގަށް ލުމަށްފަހު ކޮންކްރީޓް ސަންދޯއްތަކެއްގައި ވަޅުލުމަށް މަޝްވަރާ ކުރެވުނު ކަމަށާއި، ނަމަވެސް ވަކި ހިސާބަކުން އެކަމަށް އަމަލީ ސިފައެއް ނާންނަ ކަމަށް އެ ނޫހުގައި ވެއެވެ.

އެކަމާ ގުޅިގެން އެޤައުމުގެ މުސްލިމް ލީޑަރުން މި ސަރަޙައްދުގެ ބައެއް މުސްލިމް ލީޑަރުންނާއި މަޝްވަރާ ކުރިކަމަށާއި، އެ މަޝްވަރާތަކުގައި މުސްލިމުން އެޤައުމުތަކުގައި ވަޅުލުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ނިއުސްއިން އޭޝިއާގައި ބުނެފައިވަނީ، ލަންކާ މުސްލިމުންގެ އެ ވިސްނުން ސްރީލަންކާގެ ރައީސަށް ޚިޔާލެއްގެ ގޮތުން ހުށައެޅުއްވީ ރައީސް ނަޝީދު ކަމަށާއި، އަދި ލަންކާގެ ރައީސް ދިވެހި ސަރުކާރަށް ރަސްމީކޮށް އެކަން ހުށައެޅުއްވީ އޭގެ ފަހުން ކަމަށެވެ.

ނަމަވެސް އެފަދަ ވާހަކަފުޅެއް ރައީސް ނަޝީދު ސީދާ ވިދާޅުވެފައެއް ނުވެއެވެ. އެކަމަކު ލަންކާގައި މަރުވާ މުސްލިމުން ރާއްގޭގައި ވަޅުލައިދިނުމަކީ އެމަނިކުފާން ތާއީދުކުރައްވާ ކަމެއްކަމުގައި ވަނީ ހާމަކުރައްވާފައެވެ.

އަވަށްޓެރި ސްރީލަންކާގައި ނިޔާވާ މުސްލިމުން ވަޅުލުމަށް ރާއްޖެ ފޮނުވުމަށް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދުނު މައްސަލާގައި އެޤައުމުގެ ޕާލިމެންޓް މެމްބަރ އަދި މުސްލިމް ކޮންގްރެސް ޕާޓީގެ ލީޑަރ ރައޫފް ޙަކީމްވެސް ވަނީ އެ މައްސަލާގައި ސްރީލަންކާގެ މުސްލިމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤަށް ސިޓީ އެއްވެސް ފޮނުއްވާފައެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި ބޮޑެތި ބަހުސްތަކެއް ހިނގާފައިވާއިރު އެ ޤައުމުގެ ސަރުކާރުން ފަހުން ނިންމާފައިވަނީ، މުސްލިމުން ވަޅުލުމަށް ޤައުމުން ބޭރަށް ނުގެންދިއުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން