ތ. ވަންދޫ
ތ. ވަންދޫ
ތ. އަތޮޅު ވަންދޫގެ ޢުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރެއް ހާއިރުއެވެ. މިހާދިސާގައި އެ ކުއްޖާގެ އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާ ދޭތެރެ ވަރަށް ބޮޑަށް ޒަހަމްވެ ވަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެއަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި ޙާދިސާ ހިނގަން މެދުވެރިވީ މިއަދު އެރަށުގެ އަތިރިމަތީގައި އެކުއްޖާ މަސް ބާނަން އުޅުމުގެ ތެރޭގައި ރޯލުގައި ގަތް މިޔަރެއް މަރާނުލައި، ބުޅި ނައްޓަން އުޅުމުގެ ތެރޭގައެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެތެރެވަރީގައި މިޔަރުގެ އާބާދީވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ބަނދަރުގައި ނުވަތަ ރަށްރަށުގެ ފަޅުތެރެއަށް މިޔަރު ވަދެ އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޢާއްމު މުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ ހަފުތާގައި ކަނޑަށް ވެއްޓުނު މަސްވެރިޔަކަށްވެސް މިޔަރެއް ވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

މިޔަރު

30-Dec-2020

މިހާރު ވެއްޖެ ދޯ ކަނޑުގަ ދާއަޅައިގެން ނަމަވެސް ތިޔަ މިޔަރުތައް ހިފާ ހައްޔަރުކުރަން މަސްވެރިންނަށް މިހާރު ކިހާ ބިރުވެރިދޯ މަހަށް ގޮސް އުޅެން



ޓްރެންޑިން