ލައިސަންސް ނެތި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމަކީ ގައުމުގެ އިގްތިޞާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެފައި ވުމުގެ ސަބަބުން ބޭރު ފައިސާގެ އަގު ރާއްޖޭގައި ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ޖެހިފައެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިވަގުތު އުޅެނީ 19 ރުފިޔާ އަށް ވުރެ މަތީގައެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މަސައްކަތުގެ އެންމެ ކުރީސަފުގައި މިވަގުތު ޙަރަކާތްތެރި ވާތަން ފެންނަނީ ބިދޭސީންނެވެ.
ކަޅު ބާޒާރުގައި ފައިސާ ގަނެ ވިއްކުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ޙައިލަމް ވިދާޅުވީ، ލައިސަންސް ނެތި ކަޅު ބާޒާރުގައި ފައިސާ މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ގައުމުގެ އިގްތިޞާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް ޙައިލަމް ވިދާޅުވިއެވެ.
އެގޮތުން ޙައިލަމް ވަނީ ޤާނޫނުލް ޢުޤޫބާތުގައި މިފަދަ ކަންކަމަށް ކަނޑައަޅާފައިވާ އަދަބުވެސް ޙިއްސާކުރަށްވާފައެވެ.
ޤާނޫނުލް ޢުޤޫބާތުގައި ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަނެތި ހިންގުމާއި، ލައިސަންސްނެތި އިމްޕޯޓުކުރުމާއި، ހުއްދަނަގަންޖެހޭ ކަމެއް، ހުއްދަނުނަގައި ކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 613 ވަނަ މާއްދާގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ހޯދުމަކާ ނުލައި؛ އަދި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ވިޔަފާރިއެއް އެނޫން ގޮތަކަށް ކުރުމަކީ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ ތެރެއިން ހުއްދަނެތި ކުރެވޭ ވިޔަފާރިއާއި، ހުއްދަނަގަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ އަދަބަކީ ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފައްދައި ޑޮލަރުގެ ވަގުވިޔަފާރީގެ މިހާރު ކޮންޓްރޯލް ކުރަނީ ބިދޭސީން ކަމަށް އެކަން ދިރާސާ ކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ. އެކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެކަމަށް ފިޔަވަޅު އެޅުމުގައި މަރުކަޒީ ބޭންކުން ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ.
މީގެސަބަބުން ވިޔަފާރިތަކަށް ޑޮލަރު ލިބުން ދަތިވެ، ބާޒާރުގައި ތަކެތީގެ އަގުވަނީ މައްޗަށްދާން ފަށާފައެވެ.

ލައިސަންސް ނެތި ކަޅު ބާޒާރުގައި ފައިސާ މާރުކުރުމަކީ ޖިނާއީ ކުށެއް. މިފަދަ ކަންކަމަކީ ގައުމުގެ އިގްތިޞާދަށް އޮތް ބޮޑު ނުރައްކަލެއް. @MMA_Maldives @PoliceMv https://t.co/fdprUQ1HNL pic.twitter.com/OgpFKgDibL
— Ahmed Hailam (@AhmedHailam) January 1, 2021
އެގޮތުން ޙައިލަމް ވަނީ ޤާނޫނުލް ޢުޤޫބާތުގައި މިފަދަ ކަންކަމަށް ކަނޑައަޅާފައިވާ އަދަބުވެސް ޙިއްސާކުރަށްވާފައެވެ.
ޤާނޫނުލް ޢުޤޫބާތުގައި ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަނެތި ހިންގުމާއި، ލައިސަންސްނެތި އިމްޕޯޓުކުރުމާއި، ހުއްދަނަގަންޖެހޭ ކަމެއް، ހުއްދަނުނަގައި ކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 613 ވަނަ މާއްދާގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ހޯދުމަކާ ނުލައި؛ އަދި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ވިޔަފާރިއެއް އެނޫން ގޮތަކަށް ކުރުމަކީ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ ތެރެއިން ހުއްދަނެތި ކުރެވޭ ވިޔަފާރިއާއި، ހުއްދަނަގަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ އަދަބަކީ ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފައްދައި ޑޮލަރުގެ ވަގުވިޔަފާރީގެ މިހާރު ކޮންޓްރޯލް ކުރަނީ ބިދޭސީން ކަމަށް އެކަން ދިރާސާ ކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ. އެކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެކަމަށް ފިޔަވަޅު އެޅުމުގައި މަރުކަޒީ ބޭންކުން ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ.
މީގެސަބަބުން ވިޔަފާރިތަކަށް ޑޮލަރު ލިބުން ދަތިވެ، ބާޒާރުގައި ތަކެތީގެ އަގުވަނީ މައްޗަށްދާން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު