އޮޅުވާލައިގެން ލޮނުމަހުގެ ގޮތުގައި 429 ކިލޯގެ މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން މިއަދު އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ އޮޅުވާލައިގެން ލޮނުއެޅި މަހުގެ ގޮތުގައި މިޔަރު އުރަހަތަކެއް ބޭރުކުރަން މަސައްކަތް ކުރަނިކޮށް އޭވިއޭޝަން ސެކިއުރިޓީން އެތަކެތި އަތުލައިގެންފައިވާކަން ހާމަކޮށްފައެވެ.

މި މައްސަލައާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް، ކަސްޓަމްސްއިން ބުނެފައިވަނީ ހިފެހެއްޓި މިޔަރު އުރަހައިގެ ބަރުދަނުގައި ޖުމްލަ 429 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައިވަނީ 21 ފޮށީގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި މިޔަރު އުރަހަތައް ބަންދުކޮށްފައިވަނީ ލޮނު މަސްކަމަށް ޑިކްލެއާކުރި ޝިޕްމެންޓެއްގެ ތެރޭގައި ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައިވެސް އެ އިދާރާއިން ބުނެފައިވެއެވެ.



ރާއްޖޭގައި މިޔަރުގެ ބާވަތްތައް ހިފުމާއި، އެއިން އުފައްދާ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ 2010 ވަނަ އަހަރުން ފެށިގެން މުޅިން މަނާ ކަމެކެވެ. އޭގެ ކުރިން 1995 ގައި މިޔަރު ހިފުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަނާކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގައިވާ ގޮތުން މިޔަރުގެ ބާވަތްތައް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި މެރުން ވަނީ މަނާކޮށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ބާވަތެއް ނެގުމާއި، އެބާވަތްތަކުން ވިޔަފާރި ކޮށްފިނަމަ 5،000 ރުފިޔާ އާއި 400،000 ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ޙިމާޔަތް ކޮށްފައިވާ ބާވަތަކަށް ގެއްލުމެއް ދީފިނަމަ 3،000 ރުފިޔާ އާއި 300،000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މި މިޔަރު އުރަހައިގެ ޝިޕްމަންޓް ހިފެހެއްޓުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވީ، މިޔަރު އުރަހަ އެކްސްޕޯޓްކުރަން މަސައްކަތްކުރި މީހުން ކުރީ ޙަރާމް ކަމެއް ނޫން ކަމަށާއި، ޙަލާލު މުދަލުން ޙަލާލް ޢާމްދަނީ ހޯދެންވާނެ ކަމަށެވެ. އަދި މިކަން ޙަރާމް ކޮށްގެން އުޅެނީ ސިޔާސީ ޕާޓީއަކުން ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި މުސްތަފާ ވަނީ އެކަން ކުރި މީހުންނަށް އައްސަރިބަހާ ސާބަސް ރަށްދު ކުރަށްވާފައެވެ.

ތިމަރަފުށީ މުސްޠަފާއަކީ ވެސް ކުރީން ރާއްޖެއިން މިފަދަ ބާވަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަށްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


5

ތިމަންނަ

05-Jan-2021

ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ....



ޓްރެންޑިން