ރާއްޖޭގެ ސްކޫލެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ސްކޫލެއް (ފޮޓޯ: ސޯޝަލް މީޑިއާ)
އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ 2020-2021 ވަނަ އަހަރަގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ގައި ފެށޭނެ ކަމަށެވެ. އަދި ކިޔެވުން ފަށާއިރު އެލްކޭޖީ އިން ފެށިގެން ގްރޭޑު 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށާއި، ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށާއި، އެގޮތުން ސިންގަލް ސެޝަން އަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މުޤައްރަރު ކަވަރު ނުވާ ސްކޫލްތަކަށް އޮންލައިން ސެޝަންތައް ބާއްވާނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ކިޔެވުން ފަށަން ނިންމާފައިވަނީ ކޮންމެ ދުވަހަކު 4 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދު ކިޔަވައިދޭ ގޮތަށެވެ. އަދި ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން އެޑިޔުކޭޝަނުން ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން