ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އިސްލާމީ ޤައުމުތަކުގެ މެދުގައި ހުރި މައްސަލަތައް އަމިއްލައަށް ޙައްލުކޮށް އިސްލާމީ ޤައުމުތައް އެކަތިގަނޑަކަށް ވުމަކީ ހެޔޮ ފާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހިރާއްޖެއިން ޤަތަރާއެކު އަލުން ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިންމަވާފައިވާކަން ޚާރިޖީ ވުޒާރާއިން ހާމަކުރެއްވުމާ ގުޅިގެންނެވެ. ރާއްޖެ އިން ޤަތަރާއިއެކު ހާރިޖީ ގުޅުން ކަނޑާލީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ރާއްޖެއިން ޤަތަރާއެކު އަލުން ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިންމުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ، ރާއްޖެއިން އަލުން ޤަތަރާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިންމިނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި ހުރި ތަފާތު މައްސަލަތައް އަމިއްލައަށް ޙައްލުކޮށް އިސްލާމީ ޤައުމުތައް އެކަތިގަނޑަކަށް ވުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރާއްޖެއިން މިއަދު ޤަތަރާއެކު އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާކަން އިޢުލާނު ކުރަށްވައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤަތަރާއި ގުޅުން ޤާއިމުކުރުމާއި ގުޅޭގޮތުން އެޤައުމުގެ ފޮރިން މިނިސްޓަރ ސުލްތާން ބިން ސާދު އަލް މުރައިޚީ އާއި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ގަލްފު ޤައުމުތަކުގެ ބައްދަލުވުމުން އިސްލާމީ ޤައުމުތައް އަލުން ޤަތަރާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.



ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރިއިރު ޤަތަރާއި ގުޅުން ކަނޑާލި އަރަބި ޤައުމުތަކުންވެސް ވަނީ ޤަތަރާއި ގުޅުން ޤާއިމުކުރިކަން އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން