ނަފާ ނަސީމް
ނަފާ ނަސީމް
ޤާނޫނާ ޚިލާފް ވުމުން ދަޢުލަތަށް ލިބޭ ގެއްލުމުގައި އެކަން ކުރި މީހާ ޒިންމާކުރަންޖެހޭ ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބައެއް ވެރިން ވެރިކަމުގެ ބާރުގައި ގާނޫނާ ޚިލާފަށް ކޮންޓްރެކްޓްތައް ދީ ކޮންޓްރެކްޓްތައް އުވާލުމުން ފަރުދުންނަށާ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދައުލަތުން ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އެހިސާބުން ނިމޭނެ ކަމެއް ނޫން ކަމަށާއި، ދަޢުލަތުން ބަދަލުދޭން ޖެހޭއިރު އެކަންކުރި ވެރިން ވެސް ޒިންމާކުރެވެން ޖެހޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދިވެހިން ބޭނުންވަނީ ޤާނޫނު ހަދަން ކަމަށާއި، ޤާނޫނަށް ބޯލަނބައި ޤާނޫނު ތަންފީޒުކުރަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަޑުމެން ދިވެހިން ބޭނުންވަނީ ގާނޫނުތައް ހަދަން. ގާނޫނުތައް ތަންފީޒުކޮށް، ގާނޫނުތަކަށް އަމަލުކޮށް ބޯލަބާކަށް ބޭނުމެއް ނުވޭ. ގަވާއިދާ ޚިލާފުވެ ކުށްކޮށްފައި، ދެންބަލަނީ، އަވަހަށް، ކޮންމެވެސް ސިޔާސީ މީހަކަށް ގުޅައިގެން އެކަމުން ރެކި ބޯދަމައިގަނެވޭތޯ.." ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ދަޢުލަތުގެ އިދާރާތަކުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތް ކުރަށްވައި ނަސީމް ވިދާޅުވީ، މިސާލަކަށް އެއްފަރާތަށް ހަ ކާރު ރެޖިސްޓްރީ ކުރަނީ ދައުލަތަކުން ނޫން ކަމަށާއި، އެކަން ކުރަނީ ދައުލަތުގެ މުއައްޒިފެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ބަދުނާމު ވަނީ ދައުލަތް ކަމަށް ނަސީމް ވިދާޅުވިއެވެ. އެހެން ކަމުން ނުބައީ މީހުން ކަމަށާއި، ހިސާބަށްވުރެ މީހުން ނުބައި ގައުމެއް ކުރި ނާރާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ބައެއްމީހުން ދައުލަތް ދެކެނީ އަމިއްލަ ފަރުދީ ހައްގެއް ގެ ގޮތުގައި ކަމަށެވެ. އަދި އެގޮތަށް ދެކޭތީ ދަޢުލަތުގެ ބަދަހިކަން ގެއްލި ސިސްޓަމް ރޫޅޭގޮތް މެދުވެރި ވާކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން