އެމްޑީޕީ މޭޔަރާއި ކައުންސިލް ކެންޑިޑޭޓުންނާއި އެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅިވިގެންދާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރަށްވާ މުހައްމަދު ލަތީފު ވިދާޅުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ.
ނަމަވެސް އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން އިމާރާތްކޮށް ބޮޑުބައި ނިމިފައިވާ އައްޑޫ ޕޮލިސް އެކަޑަމީއާއި ގުޅޭގޮތުން އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރަށްވާ މުހައްމަދު ލަތީފު ވިދާޅުވީ އައްޑޫ ސިޓީގައި އަޅަމުންދަނީ ޓްރޭނިން ސްކޫލެއް ނޫން ކަމަށާއި އިންޑިޔާގެ މީޑިޔާތަކުން އެނގޭ ގޮތަށް ބަލާއިރު އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދަނީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށެވެ.
ރައީސް ނަޝީދުގެ ޓްވީޓާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލަށް އިދިކޮޅުން ވާދަކުރަށްވާ ކެންޑިޑޭޓް ވިދާޅުވީ އައްޑޫގައި މިހާރު އިމާރާތް ކުރަމުންދަނީ އެކަޑަމީއެއް ނޫން ކަމަށާއި އެއީ އިންޑިޔާގެ ސިފައިން އައްޑޫ ސިޓީގައި ބޭތިއްބެވުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ކަމަށާއި މިއީ އައްޑޫ ސިޓީ ރައްޔިތުން ވަރަށް ރަގަޅަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
މިސަރުކާރަށް 2 އަހަރު ވެގެން ދިޔަ އިރު އައްޑޫ ސިޓީގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކޮށްނުދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅި ގޮވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު