އައްޑޫ ސިޓީ ހިތަދޫގައި ނަރުދަމާ އަޅަންފެށިފަހުން މިހާރު ހުންނެވީ ހަތަރުވަނަ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ފާއިތުވި ހަތަރު ވެރިކަން ނިމިގެންދިޔަ އިރުވެސް އައްޑޫސިޓީގެ އެއްވެސް ރަށެއްގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މެމްބަރު އަހްމަދު ވިދާޅުވީ އައްޑޫސިޓީގައި މިހާރުވެސް ނަރުދަމާގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި ނަމަވެސް މިސަރުކާރުން ނަރުދަމާ އާއި ފެނުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް އެހިދުމަތް ދޭނެކަމަށެވެ. އަދި މިސަރުކާރުން އައްޑޫސިޓީގެ މަގުތައް ރަގަޅު ފެންވަރަކަށް ހަދައި ނިންމާނެ ކަމާއިމެދު އެއްވެސް ޝައްކެއްނުކުރަށްވާ ކަމަށްވެސް މެމްބަރު އަހްމަދު ވިދާޅުވިއެވެ
ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ހިދުމަތް ދޭން ނުފެށިގެން އުޅެނީ ތަންފީޒީ އިދާރާތަކުގެ މަސްއޫލިއްޔަތު ރަގަޅަށް އަދާނުކުރެވިގެން ކަމަށްވެސް މެމްބަރު އަހްމަދު އިތުރަށް ވިދާޅުވިއެވެ. މެމްބަރު އަހްމަދު ވިދާޅުވީ އައްޑޫސިޓީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތް ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މަޖިލީސް ތެރެއިންވެސް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އައްޑޫސިޓީ ހިތަދޫ ސަރަހައްދީ ބަނދަރަށް ބޭރުގެ ބޯޓުފަހަރުގެ ދަތުރުތައް ފެށުމާއި ގަން އިންޓަރނޭޝަނަލް އެއާރޕޯޓު ތަރައްޤީވެ ހިދުމަތްތައް ދޭން ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަންވެސް މެމްބަރު އަހްމަދު ދެއްވިއެވެ.
ރައީސް މައުމޫނުގެ ދިގުވެރިކަން ނިމި ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައި ވާއިރު ރައީސް ވަހީދުގެ ވެރިކަމުގައި ވެސް މިމަސައްކަތް ނުނިމި ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރުވެސް އައްޑޫސިޓީގެ ނަރުދަމާގެ މަސައްކަތް ނިމިފައި ނުވާކަން މެމްބަރު އަހްމަދު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު