ކޮވިޑުން ރައްކާތެރިވުމަށް ރަޝިޔާއިން އުފެއްދި ދެވަނަ ވެކްސިނުގެ ރައްކާތެރިކަން ސައްތައިންސައްތަ ކަށަވަރުވެއްޖެއެވެ.


ރަޝިޔާ ސަރުކާރުގެ ސިއްހީ އިދާރާތަކާ ހަވާލާދީ މީޑޮއާތަކުން ބުނެފައިވަނީ ރަޝިޔާގެ “އެޕިވެކްކޮރޯނާ”ވެކްސިން ގެ މި ޑޭޓާ ތަފުސީލުތައް ހާމަކޮށްފައި ވަނީ ވެކްސިންގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ތަހުލީލުތަކުގެ ނަތީޖާ ހިމަނައިގެން ކަމަށެވެ. މިގޮތުން މިވެކްސިނުގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ތަހުލީލުތަކުން މިހާތަނަށް އެއްކުރެވިފައިވާ ޑާޓާ އިން މިވެކްސިންގެ ރައްކާތެރިކަން 100 އިންސައްތަ އާއި ހަމަޔަށް ދައްކައެވެ.

މިވެކްސިންގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ތަހުލީލުތަކުގައި 18 އަހަރާއި 60 އަހަރާއި ދެމެދުގެ 100 މީހުންގެ މެދުގައި މިވެކްސިންގެ ރައްކާތެރިކަމުގެ މިންވަރު ބަލައި، އަދި ވެކްސިނުން އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތި ވޭތޯ ބަލާފައިވެއެވެ. ރަޝިޔާއިން އުފެއްދި ދެވަނަ ވެކްސިން އެޕިވެކްކޮރޯނާ ގެ ތަހުލީލުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރަޝިޔާއިން ފުރަތަމަ އުފައްދާފައިވާ ވެކްސިން، ސްޕަޓްނިކް ވީ ގެ ރައްކާތެރިކަން 92 އިންސައްތަ އާއި ހަމަޔަށް ދައްކާފައިވެއެވެ. މިވެކްސިން ބޭނުން ކުރުމަށް ލިބުނު ހުއްދައާއެކު، ރަޝިޔާގެ އާބާދީގެ 60 އިންސައްތަ މީހުންނަށް މިއަހަރުގެ ތެރޭގައި ސްޕަޓްނިކް ވީ ދިނުމަށް ރަޝިޔާގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު