ބީއެމްއެލް ކާޑު ބޭނުންކޮށްގެން 20000 ރުފިޔާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް ކާޑު ބޭނުންކޮށްގެން 20000 ރުފިޔާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް ކާޑު ބޭނުންކޮށްގެން 20000 ރުފިޔާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ. މި ޕްރޮމޯޝަނުގައި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެއެވެ.

މި ގޮތަށް 9 ހަފްތާގައި ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގައި ހިމެނުމަށް ހަމަޖެހިފައިވަނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތަކެވެ. މި ޕްރޮމޯޝަން މިއަދުން ފެށިގެން މާރިޗު މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން