ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު ޢަބްދުﷲ ދީދީ (ކ) އާއި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު ޢަބްދުﷲ ދީދީ (ކ) އާއި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޑީޕޯޓްކުރުމުގެ ނަމުގައި ތިޔަވަނީ މުޖްތަމަޢަށް ޚިޔާނާތް ކަމަށާއި، އެއީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުންކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ އެހެން ވިދާޅުވީ، ހުޅުމާލޭ މިސްކިތެއްގައި ނަމާދު ކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކޮށް، ޑީޕޯޓުކޮށްލަން ޕީޖީއިން ނިންމެވުމާ ގުޅިގެންނެވެ. ޕީޖީ ވިދާޅުވެފައިވަނީ އެ މީހާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރަން ނިންމީ މަސްލަހަތަށް ޓަކައި ކަމަށެވެ.

އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބިދޭސީން ހިންގާ ޖަރީމާތައް ބެލުމުގެ އިހްތިސާސް ދިވެހި ކޯޓުތަކުން ނިގުޅައިގަތުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޑީޕޯޓްކުރުމުގެ ނަމުގައި މުޖްތަމަޢަށް ހިޔާނަތްތެރިވުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އިންޑިއާ ފިރިހެނެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ނުކޮށް، ޑީޕޯޓުކޮށްލުމަށް ނިންމި ނިންމުމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ މީހާ ޑީޕޯޓުކޮށްލުމަށް ނިންމީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރުމަށްފަހު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.

އަދި އަނިޔާ ލިބުނު ފަރާތާއި އެ އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށް ގެންދިއުމާމެދު ދެކޭ ގޮތް ވެސް އެ ނިންމުން ނިންމުމުގެ ކުރިން ބަލާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ މި މައްސަލައިގައި ނިންމި ނިންމުމަކީ އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތުވެސް ހިމާޔަތްކޮށްދެވޭ ނިންމުމެއް ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރިސޯޓެއްގައި މަސައްކަތްކުރި އިންޑިއާ މީހަކު ދިވެހި އަންހެނަކާ ގަދަކަމުން ޖިންސީގޯނާ ކުރަން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެކަން މީޑިއާއަށް ތިލަވުމުން އޭނާ ވެސް ވަނީ ގައުމަށް ފޮނުވާލާފައެވެ. އެކަމަކު އޭނާ ފުރުވާލީ އޭނާ މަސައްކަތް ކުރާ ރިސޯޓުގެ ފަރާތުންނެވެ. އެ މައްސަލާގައި ފުލުހުން ބުނެފައިވަނީ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، މައްސަލަ ބަލައި ރިސޯޓުގެ މެނޭޖްމަންޓަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބޮޑުބެ

30-Jan-2021

އެމްޑީޕީ އަކީ ލާދީނީ ގެރި ރާޖާގެފިކުރު އެހެންވީމާ ވާންވީގޮތް މިވަނީ! އެއިންޑިއާމީހާއަށް ދިވެހިމީހާ ކަމެއްކުރިނަމަ އެބެލީހީ ޓެރަރިސްޓަކަށް ޢުމުރުހުސްކުރަންޖެހުނީހީޖަލުގަ!


5

ބޮޑުބެ

30-Jan-2021

އެމްޑީޕީ އަކީ ލާދީނީ ގެރި ރާޖާގެފިކުރު އެހެންވީމާ ވާންވީގޮތް މިވަނީ! އެއިންޑިއާމީހާއަށް ދިވެހިމީހާ ކަމެއްކުރިނަމަ އެބެލީހީ ޓެރަރިސްޓަކަށް ޢުމުރުހުސްކުރަންޖެހުނީހީޖަލުގަ!


4

މުހައްމަދު

29-Jan-2021

އުއްތަމަ ފަނޑިޔާރު (ކުރީގެ) އަދިވެސް ފަނޑިޔާރެއްގެ ޙައިސިއްޔަތުން ދުރުނުވެވިގެން އުޅޭހެން ހީވެއެވެ.



ޓްރެންޑިން