އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
މިދިޔަ 2020 ވަނަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯއަށް ސާފު ފައިދާގެގޮތުގައި 410 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ ވޭތުވެދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 410 މިލިއަން ރުފިޔާ އަކީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން 4 ވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 91 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

އެކުންފުނީގެ ހިންގުމުގެ ހަރަދު، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 4 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ، ކޯވިޑް-19 އާ ގުޅިގެން ކަސްޓަމަރުންގެ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއިއެކު ޕްރޮވިޝަންސް އިތުރުވުންކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، މެދުކެނޑުމެއްނެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން