ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ ސާފު ފައިދާ މިދިޔަ އަހަރާ އަޅާބަލާއިރު 60 އިންސައްތަ ދަށްވެފައިވާ ކަަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 326.4 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރުގެ މުޅި އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 961 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 60 ޕަސެންޓަށްވުރެ ބޮޑު ދަށްވުމެކެވެ.

ބީއެމްއެލްގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 2.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކުރީ އަހަރު 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އަހަރުގެ ފަހު ކުއާޓަރުގައި އެ ބޭންކް އަށް ވަނީ 326.4 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ. އަހަރުގެ ފަހު ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބުނީ 728.5 މިލިއަން ރުފިޔާ އެވެ.

ކޯވިޑް-19 އާ ގުޅިގެން ބީއެމްއެލް އިން ވަނީ ގިނަ އަދަދެއްގެ ލޯނު ތަކެއް ފަސްކޮށްދީފަ އެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި އެންމެ ބޮޑެތި ވިޔަފާރިތަކަށް މިހާރުވެސް ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން މިހާތަނަށް 585.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި މިދިޔަ އަހަރު ބޭންކްގެ ހިންގުމުގެ ޚަރަދަށް ހޭދަވެފައިވަނީ 569.8 މިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން