ޤައުމީ ޔުނިވަރސިޓީން ދަސްވެނި ވެފައިވާ ދަރިވަރުން
ޤައުމީ ޔުނިވަރސިޓީން ދަސްވެނި ވެފައިވާ ދަރިވަރުން
މިދިޔަ އަހަރުގެ ތެރޭގައި، މަތީ ތަޢުލީމާއި ތަމްރީނަށް ހުޅުވާލި 550 ލޯނުގެ ފުރުޞަތު 770 އަށް މިހާރު އިތުރުކޮށްފައިވާ ކަމަށާއި މި ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަންނަ ހަފުތާގައި އިޢުލާން ކުރަަަަަަަަަަަަަން ސަރުކާރުން ނިންމައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ، މިހާތަނަށް 9430 ދަރިވަރުންނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ސަރުކާރުގެ ތަރައްޤީގެ ފަލްސަފާއަކީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި، ތަރައްޤީގެ ވިސްނުންހުރި ޒުވާން ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ސްކީމާއި، މަތީ ތަޢުލީމަށް ހުޅުވައިލި ލޯނުގެ ފުރުސަތުތަކަކީ މި ދެންނެވިފަދަ ޒުވާން ޖީިލެއް އުފެއްދުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުވާނީ ފަހިކޮށްދީފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑުގެ ސަބަބުން އިޤުތިޞާދު ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތުވެސް، މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި، މަތީ ތަޢުލީމާއި ލޯނުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔައީ ތަރައްޤީގެ ވިސްނުންހުރި ޒުވާން ތަޢުލީމީ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އަދި ފުރަބަންދުގެ ޙާލަތުގައި، މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައިދިނުމަކީ ޤައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އެކަމުގައި ވަރަށް ދީލަތި އެއްބާރުލުމެއް ދެއްވި، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި އެންމެހައި މުދައްރިސުންނަށް އަދި އެންމެހައި ބެލެނިވެރިންނަށް ޝުކުރު އަދާކުރަށްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްޞަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާނެކަމަށެވެ. މިއީ ޒުވާނުން ބިނާކުރުމުގަޔާއި، ޤައުމު އާރާސްތުކުރުމު ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން