މާރާމާރީގައި ނިޔާވި ގއ. މާމެންދޫ ލިލީ އޮފް ދަ ވެލީ، އަޙްމަދު އުދައްޔު، 17 އަހަރު
މާރާމާރީގައި ނިޔާވި ގއ. މާމެންދޫ ލިލީ އޮފް ދަ ވެލީ، އަޙްމަދު އުދައްޔު، 17 އަހަރު
ގއ. މާމެންދޫގައި ތޫނު އެއްޗަކުން ޙަމަލާދީ 17 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

ފުލުހުން ބުނީ މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީ އެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވާ ކަމަށެވެ. މި މާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:10 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މާރާމާރީގައި މަރާލާފައިވަނީ ގއ. މާމެންދޫ ލިލީ އޮފް ދަ ވެލީ، އަޙްމަދު އުދައްޔުއެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ޒަޚަމްވި އިތުރު މީހަކަށްވެސް ފަރުވާދެމުން ގެންދާ ކަމަށެވެ. މި މާރާމާރީގައި ޙަމަލާދީފައިވަނީ ދެބެއިންނަށެވެ. އުދައްޔު ނިޔާވެފައިވާއިރު މިވަގުތު ގއ. ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ 21 އަހަރުގެ އޭނާގެ ބޭބެއަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ. އެމްސީ ޙަމީދު ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ސްޕެޝަލް އޮގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި، ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ފުލުހުން މާދަމާ ހެނދުނު މާމެންދޫ އަށް ފުރާނެ ކަމަށެވެ.



ފުލުހުން މިހާރު ދަނީ ޙާދިސާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ކަމަށާއި، ގއ. އަތޮޅުގެ އެހެން ރަށްރަށުގައި ތިބި ފުލުހުންވެސް މާމެންދޫއަށް މިސްރާބު ޖަހާފައިވާކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން