ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
މިރޭ ބާއްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 172 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ މިރޭގެ ޖަލްގާގައި ރައީސް ޞާލިޙްގެ އިތުރުން ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިގައި ވަނީ ޒޫމް މެދުވެރިކޮށް އޮންލައިން ކޮށެވެ.

މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ލިބިފައި ނުވިނަމަވެސް، މި ބައްދަލުވުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ "ރަށްވެހި ފަތިސް" ކެމްޕޭނަށް ތައްޔާރުވުމަށް އެމްޑީޕީން ބާއްވާ ބައްދަލުވުމެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



އެގޮތުން ދާއިރާތަކާ، ރަށްރަށުގައި އެމްޑީޕީގެ ސަފުތައް ރުކުރުވާލައި ކެމްޕޭނަށް އެޕާޓީން ވާންޖެހޭ ތައްޔާރީތަކާމެދު ގޮތްތަކެއް ނިންމާނެއެވެ. އަދި ހުސްވެފައިވާ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުން ފަށާނީ މިރޭ 20:30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން