ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 172 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްޑީޕީ އަކީ ކެމްޕޭން ކުރުމަށް ފަރިތަ ޕާޓީއެއް ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ. އެގޮތުން 80 އިންސައްތައަށްވުރެ މަތިން އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިޚާބަށް ތައްޔާރަށް ކަމަށެވެ. އަދި މުޅި ސަރުކާރު އޮތީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިޢެވެ. ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ. ރައީސް ވިދާޅުވީ އިދިކޮޅުގައި ތިބެގެން ކެމްޕޭން ކުރަންޖެހޭ ގޮތާއި ސަރުކާރުގައި ތިބެގެން ކެމްޕޭން ކުރަންޖެހޭގޮތް ތަފާތު ކަމަށެވެ. އެގޮތުން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި، ރައްޔިތުން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބު އެމްޑީޕީގެ އަތުގައި މިހާރު އޮންނާނެ ކަމަށެވެ.

ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށްވާ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންގެ މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިޔާ ފްލެޓްތައް ދިނުމުގައި މައްސަލައެއް އުޅޭނަމަ އެކަންވެސް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުން ކަމަށާއި، ދެން އުފެދޭ ކައުންސިލްތައް ވާނީ ފުރިހަމަ ބާރާއެކު އުފެދޭ ކައުންސިލްތަކަށް ކަމަށެވެ.

މިރޭ ޒޫމް މެދުވެރިކޮށް ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި 99 މެމްބަރުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޖަމާލު

18-Feb-2021

އީސީ ޝަރީފަށް ލާރިއަޅައިގެން ރިޔާސީ އިންތިޚާބު ފޭރިގަތްގޮތަށް ފޭރިގަނެވިދާނެ.



ޓްރެންޑިން