ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
އިދިކޮޅުން ދަނީ ލާހޫރެމުން ކަމަށާއި، ދިވެހިން ޖަހަން ބޭނުންވާ "ޖަމްޕް" ޖެހޭނީ އެމްޑީޕީއާ އެކު ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 172 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަގުމަތީގައި އިދިކޮޅު ޕާޓީގެ ހައެއްކަ މީހުން ދަނީ ލާހޫރެމުން ކަމަށާއި އެއީ މުޒާހަރާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމުން ކުރަނީ ކޮންއެއްޗެއްކަން ނޭނގޭ ކަމަށާއި، މުޒާހަރާއަކަށްވެސް އަދި އެހެން އެއްޗަކަށްވެސް އިދިކޮޅުގެ މަގުމަތީ ޙަރަކާތް ނުވާކަމަށެވެ.

އަދި ޕީޕީއެމްގެ ލާހޫރުން ހުއްޓުވުމަށް ފުލުހުންގެ އަގުހުރި ވަގުތު ނަގާލަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިން ޖަހަން ބޭނުންވާ ޖަމްޕު ޖެހޭނީ އެމްޑީޕީއާ އެއްކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް މިއަދު ސާފުވެފައިއޮތް ޙަޤީޤަތަކީ ސަލާމަތްތެރިކަމާއި އެކީގައި، ވިސްނުންތެރިކަމާ އެކީގައި، ބުއްދިވެރިކަމާ އެކީގައި، ދިވެހިން ޖަހަން ބޭނުންވާ "ޖަންޕު" ޖެހޭނީ އެމްޑީޕީއާއި އެކީގައިކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި އެމްޑީޕީން އެ ޖަމްޕު ޖަހާނެ ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގެ އަށްޑިހަ އިންސައްތަ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުން ނޭފަތު ކުރިއާ ހަމައިންވެސް، އަދި ރަށު ގޮނޑުދޮށާ ހަމައިންވެސް ނުނިމޭ ކަމަށާއި، ދިވެހިން އެދޭ ޖަމްޕު ޖެހުމަށް ބޭރު ދުނިޔެއާ އެކު އޮންނަން ޖެހޭ ގުޅުން ބަދަހި ކުރުމަށް ރައީސް ޞާލިޙް ގެންގުޅުއްވަނީ ވަރަށް ވިސްނުންތެރި ސިޔާސަތެއް ކަމަށެވެ.

ދިވެހިން މިއަދު އެދެނީ "ޖަމްޕެއް ޖަހަން" ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ، ދިވެހިން މިހާރު ތިބި ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ގެންދިއުމަށްޓަކައި ރާއްޖޭގެ އިޤްތިސާދު އާރޯ ކުރުމަށް ރައީސް ޞާލިޙު އެޅުއްވި ފިޔަވަޅުތަކަށް ޝުކުރު ޙައްޤު ކަމަށެވެ.

އެމްޑީޕީން މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝާޒްލީ ޝަފީޤް އައްޔަން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން