ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
2015 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ ހިދުމަތް ދިނުމުގެ ބޭނުމުގައި ތަޢާރަފްކުރި އިސްލާމިކް ބޭންކިންއަށް ލިބޭ ތަރުހީބު އިތުރުވަމުންދާ ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ބަލާލާއިރު، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންގ ހިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކް ގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޭންކުގެ ފުޅާ ބްރާންޗު ވިއުގަ އާއި އޭޓީއެމް ޕީއޯއެސް ޓަރމިނަލް ތަކުގެ އިތުރުން އިންޓަރނެޓް ބޭންކިންގ އާއި މޯބައިލް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ދަނީ ލިބެމުން ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ފައިނޭންސިންގެ ޖުމްލައަދަދު ފާއިތުވި 3 އަހަރު ތެރޭގައި އިތުރުވެގެން ގޮސްފައިވާއިރު މި މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދުވެސް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރު ނިޔަލަށް މިއަދަދު ވަނީ 1.02 ބިލިއަން ރުފިޔާ އަށް އަރާފައެވެ.

2020 ވަނަ އަހަރުގެ ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާ ގެ ފައިނޭންސް ވަނީ ދޫކޮށްފައެވެ. ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ 92 އިންސައްތަ އަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިންގ އެވެ. އަދި 4 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވަރކިންގ ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިންގއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ވަނީ ޝަރުޢީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ތައާރަފް ކުރެވިގެން ދިޔުމާއެކު ޖުމްލަ ފައިނޭންސިންގ އަށް 19 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއިފަސޭހަ ޝަރުތަކާއެކު އައު ޕްރޮޑަކްޓްތައް ތައާރަފް ކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން 45 އިންސައްތަ ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުން ކަމަށާއި، އިސްލާމިކް ފައިނޭންސިންގ މޮޑެލްތަކާ ބެހޭ މައުލޫމާތާއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ތުނިޔަ

20-Feb-2021

ތަރުހީބުބޮޑުވާނެއެއްނުންތަ އެހާއިންޓްއަރިސްޓް ކުޑަކަމުން ތިޔައިންތާކުންލޯނެއްނަގައިފިއްޔާ ނަގާމީހެއްގެބޯހިކެންނޯވެ ހަތަރުވަރަކަށް ލައްކަރުފިޔާނަގާމީހާފެލާލައި "ހަތަރުލައްކަ ނެގީމާ އެއްމިލިޔަން" ދައްކަންޖެހޭ ރައްޔިތުމީ ހާރަގަޅު ދިރިއުޅުމެއްފެށޭނެއެއްނުންތޯ ؟



ޓްރެންޑިން