އެމްޑީޕީގެ ވިސްނުމުގައި ނޫނީ މިރާއްޖެ ދެން ކުރިއަކަށް ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާއަށް ވާދަކުރަށްވާ އެމްޑީޕީގެ ކެނޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ވިސްނުމުގައި ނޫނީ މިރާއްޖެ ދެން ކުރިއަކަށް ނުދާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ހުޅުމާލޭގައި ދެ މިލިއަން އަކަފޫޓުގެ ބިން ނުހެދި އެކިއެކި ކޮންޓްރެކްޓްގައި ތާށިވެ ހުއްޓިފައި އޮތުމަކީ ބޯހިޔާވަހިކަން ލިބުމަށް އޮތް ޖާގަތައް ތަޅުލެވުނު ކަމެއް ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އެ ތަޅު ނައްޓުވާލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ އެމްޑީޕީގެ ކައުންސިލަކަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ ވާދަވެރިޔާ ވެސް ހުށަހަޅަމުން ދަނީ އެމްޑީޕީގެ ވިސްނުން. ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީގެ ފަލްސަފާއަށް، އަނެއްކާ ވެސް އެމްޑީޕީގެ ކައުންސިލްތަކެއް އޮތުމުގެ ބޭނުން ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައިނުވާނެ" މިއަދުގެ ޙަފްލާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން 7،000 ފްލެޓަށް އިއުލާން ކުރެއްވުމަށްފަހު އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު މާލެއަށް 1،974 އަށްވުރެ ގިނަ މީހުންގެ ރަޖިސްޓްރީ ބަދަލުކުރެއްވި ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ނުބަލައި އޭގެތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި 7000 ފްލެޓުގެ ކަންތައް ބަލާ ނިމިގެން ދާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން އެޕާޓީގެ ކެމްޕޭން ޙަރަކާތެއް ހުޅުމާލޭގައި މިއަދު ބާއްވާފައި ވާއިރު އިދިކޮޅު ޕީޕީއެމް އިން މާލޭގައި ބާއްވަން މަސައްކަތްކުރި މުޒާހަރާއަށް ފުލުހުންވަނީ ހުރަސްއަޅާފައެވެ. އަދި ޕީއެންސީގެ ލީޑަރ އަދުރޭ އާއި އެކު ގިނަ ބަޔަކު ހައްޔަރުކޮށް ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ހުންނަ ސަރަޙައްދު ވެސް ބަންދު ކޮށްފައެވެ.

“އެމްޑީޕީގެ ވާދަވެރިޔާ ވެސް ހުށަހަޅަމުން ދަނީ އެމްޑީޕީގެ ވިސްނުން. ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީގެ ފަލްސަފާއަށް، އަނެއްކާ ވެސް އެމްޑީޕީގެ ކައުންސިލްތަކެއް އޮތުމުގެ ބޭނުން ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައިނުވާނެ”- ރައީސް ނަޝީދު.#ރަށްވެހިފަތިސް pic.twitter.com/tcXgsH3Ibe
— 𝐒𝐢𝐦 🇲🇻 (@Simwarr) March 12, 2021
ރައީސް ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން 7،000 ފްލެޓަށް އިއުލާން ކުރެއްވުމަށްފަހު އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު މާލެއަށް 1،974 އަށްވުރެ ގިނަ މީހުންގެ ރަޖިސްޓްރީ ބަދަލުކުރެއްވި ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ނުބަލައި އޭގެތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި 7000 ފްލެޓުގެ ކަންތައް ބަލާ ނިމިގެން ދާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން އެޕާޓީގެ ކެމްޕޭން ޙަރަކާތެއް ހުޅުމާލޭގައި މިއަދު ބާއްވާފައި ވާއިރު އިދިކޮޅު ޕީޕީއެމް އިން މާލޭގައި ބާއްވަން މަސައްކަތްކުރި މުޒާހަރާއަށް ފުލުހުންވަނީ ހުރަސްއަޅާފައެވެ. އަދި ޕީއެންސީގެ ލީޑަރ އަދުރޭ އާއި އެކު ގިނަ ބަޔަކު ހައްޔަރުކޮށް ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ހުންނަ ސަރަޙައްދު ވެސް ބަންދު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު