މިދިޔަ ބުރާސްފަތިދުވަހުގެރޭ ދޯންޏެއްގައި މީހަކަށް އަނިޔާކުރި މައްސަލަ ސަރުކާރުން ކުށްވެރިކުރަންޖެހޭނެކަމަށް އދ. ގެ ހާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ބުރާސްފަތިދުވަހުގެރޭ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޝަހީދު ވިދާޅުވީ އެފަދަ ލާއިންސާނީ އަމަލެއް ހިނގާ ކޮންމެ ފަހަރަކު ސަރުކާރުން އެކަން ކުށްވެރިކުރަންޖެހޭނޭކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކަން ކުށްވެރިކުރަށްވައި އެކަމާމެދު ފިޔަވަޅު އަޅަން ގޮވާލަންވާނޭކަމަށް ޝަހީދު ވިދާޅުވިއެވެ.
"މިފަދަ ލާއިންސާނީ އަމަލެއް ހިނގާ ކޮންމެފަހަރަކު ވަރަށް ސާފު ބަހުން ހަރު އަޑުން ކުށްވެރިކުރައްވާ އަދި ފިޔަވަޅު އެޅުމަށް ގޮވާލުމަކީ ރައީސް ސާލިހާއި ހޯމް މިނިސްޓަރ އިމްރާނުގެ މައްޗަށް އޮތް ވަރަށް ބޮޑު ޒިންމާއެއް." ޝަހީދު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތިދުވަހުގެރޭ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. އޭނާއަށް އަނިޔާކުރީ އޭނާ އެދޯނިން ވައްކަން ކުރިކަން އޭނާލައްވާ ސާބިތު ކުރުވުމަށެވެ.
ވައްކަން ކުރުމަކީ ކުށެއް ކަމަށާއި އަދި އެއީ ހުއްޓުވަން ޖެހޭނެ އަމަލެއް ކަމަށާއި ނަމަވެސް ވައްކަން ކުރާ މީހާއަށް ނުވަތަ ކުށްކުރާ މީހާއަށް އަނިޔާކޮށް ބޭއިންސާފުން އަމަލު ކުރުމަކީ ވަރަށް ލާއިންސާނީ ކަމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމައްސަލައިގައި މީސްމީޑިއާގައި ވާހަކަ ދެއްކި ގިނަ މީހުން ބުނެފައި ވެއެވެ. އެފަދަ މީހުން ހިފަހައްޓައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި ނަމަވެސް އެފަދަ މީހުންނަށް ވެސް ލާއިންސާނީ ގޮތަށް ކަންކޮށް އަނިޔާވެރި ވުމަކީ ދިވެހި މުޖުތަމަޢުގައި އާންމު ވެގެންވާނެ ކަމެއް ނޫންކަން ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.

He was in wrong, Yes that I do understand but is this humane?
— PAX (@MrPhazyl) November 21, 2020
Beating him to the level that could cripple him.
Is he the only criminal in this video.
What are we to call those who beat him up and even supported the beating?@PoliceMv @M_Hameedh @ShimranAb @hrcmv @mvpeoplesmajlis pic.twitter.com/zZ3GjBEIur
މިދިޔަ ބުރާސްފަތިދުވަހުގެރޭ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. އޭނާއަށް އަނިޔާކުރީ އޭނާ އެދޯނިން ވައްކަން ކުރިކަން އޭނާލައްވާ ސާބިތު ކުރުވުމަށެވެ.
ވައްކަން ކުރުމަކީ ކުށެއް ކަމަށާއި އަދި އެއީ ހުއްޓުވަން ޖެހޭނެ އަމަލެއް ކަމަށާއި ނަމަވެސް ވައްކަން ކުރާ މީހާއަށް ނުވަތަ ކުށްކުރާ މީހާއަށް އަނިޔާކޮށް ބޭއިންސާފުން އަމަލު ކުރުމަކީ ވަރަށް ލާއިންސާނީ ކަމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމައްސަލައިގައި މީސްމީޑިއާގައި ވާހަކަ ދެއްކި ގިނަ މީހުން ބުނެފައި ވެއެވެ. އެފަދަ މީހުން ހިފަހައްޓައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި ނަމަވެސް އެފަދަ މީހުންނަށް ވެސް ލާއިންސާނީ ގޮތަށް ކަންކޮށް އަނިޔާވެރި ވުމަކީ ދިވެހި މުޖުތަމަޢުގައި އާންމު ވެގެންވާނެ ކަމެއް ނޫންކަން ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު