ދެވަނަ ބައި
(5) މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. "سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ كَانَتْ مَدًّا ثُمَّ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ يَمُدُّ بِبِسْمِ اللَّهِ وَيَمُدُّ بِالرَّحْمَنِ وَيَمُدُّ بِالرَّحِيمِ" މާނައީ: رَسُولُ اللَّهِ ﷺ ކީރިތި ޤުރުއާން ކިޔަވާވިދާޅުވަނީ ކިހިނަކުންތޯ، މިފަދައިން މާތްﷲ ރުއްސުންލެއްވި އަނަސާއި ސުވާލުވެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. އޭގައި ކީރިތި ރަސޫލާ މައްދުކުރަށްވައި ދަންމަވަތެވެ. ދެން އަނަސްގެފާނު މިފަދައިން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ތިލާވަތު ކުރަށްވާފައި ވިދާޅުވިއެވެ. މިގޮތަށް بِسْمِ اللَّهِ އަށް މައްދު ކުރަށްވަތެވެ. އަދި الرَّحْمَن އަށްވެސް މައްދު ކުރަށްވަތެވެ. އަދި الرَّحِيم އަށްވެސް މައްދުކުރަށްވަތެވެ.
(6) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސު ރިވާކުރައްވާފައި ވެއެވެ. "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ يَعْلَمُ خَتْمَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" މާނައީ: އެއްސޫރަތްނިމި އަނެއް ސޫރަތް ފެށޭތާގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ މިއާޔަތް ބާވައި ލެއްވުމުން ނޫނީ އެސޫރަތް ނިމުނުކަމެއް رَسُولُ اللَّهِ ﷺއަށް އެނގިވަޑައި ނުގަންނަވަތެވެ.
(7) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސު ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ كَانَ إِذَا جَاءَهُ جِبْرِيلُ فَقَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ عَلِمَ أَنَّهَا سُورَةٌ " މާނައީ: رَسُولُ اللَّهِ ﷺގެ އަރިހަށް ޖިބްލީގެފާނު ވަޑައިގެން ބާވައިލެއްވޭ އާޔަތްތައް ތިލާވަތު ކުރަށްވާއިރު بِسْمِ اللَّهِ ވިދާޅުވެއްޖެނަމަ އެއީ ސޫރަތެއް ފެށުނީކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވަތެވެ.
(8) އަދިވެސް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސުގެ ކިބައިން ރިވާވެގެން ވެއެވެ. كَانَ الْمُسْلِمُونَ لاَ يَعْلَمُونَ اِنْقِضَاءَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ މާނައީ: މުސްލިމުންނަށް ކީރިތިޤުރުއާނުގެ ސޫރަތެއް ނިމިއްޖެކަން އެނގެނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާވައިލެއްވުމަށް ފަހުއެވެ.
(9) ދަންނަވަންތޯއެވެ؟ ބަޔާންވެދިޔަ އެއްވެސް ރިވާޔަތެއްގެ ޞައްޙަކަމާމެދު މުޙައްދިޘުންގެ މެދުގައި ކުޑަވެސް ދެބަސްވުމެއް އުފެދިފައި ނުވެއެވެ. އެހެންކަމުން މިރިވާޔަތްތަކަށް ބައްލަވައިގެން ސޫރަތުލް ފާތިޙާގެ އާޔަތެއް ކަމުގައި بِسْمِ اللَّهِ ހިމެނުއްވުމާއި އެސޫރަތް ފަށާއިރު بِسْمِ ކިއުމަކީ رَسُولُ اللَّهِ ﷺގެ އެތަކެއް ޞަޙާބީންނެއް ޤަބޫލު ކުރަށްވާ ކަމެކެވެ. އޭގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުއް ޞިއްދީޤާއި ޢުމަރުލް ފާރޫޤާއި ޢުޘްމާނު އިބްނު ޢައްފާނާއި ޢަލިއްޔު އިބްނު އަބީ ޠާލިބާއި ޢައްމާރުބްނުު ޔާސިރާއި އުބައްޔުބްނު ކައުބާއި އިބްނު ޢުމަރާއި އިބްނު ޢައްބާސާއި އަބޫޤަތާދާއާއި އަބޫ ސަޢީދުލް ޚުދްރީއާއި އަނަސްބުނު މާލިކާއި އަބޫހުރައިރާއާއި ޢަބުދު ﷲ އިބްނި އައުފާއި ޝައްދާދުބްނު އައުސާއި ޢަބުދު ﷲ އިބްނު ޖަޢުފަރާއި ޢަބްދު ﷲ އިބްނުއް ޒުބައިރާއި ޙަސަން އިބްނު ޢަލީ އާއި އެނޫންވެސް އެތަކެއް ޞަޙާބީންނާއި ތާބިޢީ ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.
އައުލާ ގޮތަކީ ބިސްމި ބާރަށް ކިޔެވުމެވެ.
އަޑުހަރުކޮށް ކިޔަވާނަމާދުތަކުގައި ޤުރުއާން ބާރަށް ކިޔެވުމީ ސުއްނަތެކެވެ. އަދި ސިއްރުން ކިޔަވާ ނަމާދުގައި ޤުރުއާން ސިއްރުން ކިޔެވުމަކީވެސް ސުއްނަތެކެވެ. މިގޮތުން އަޑު ހަރުކޮށް ކިޔަވާއިރު އަލްޙަމްދުގެ އެހެން އާޔަތްތައް ކިޔަވާ ތަންތާގައި ބާރަށް ކިޔަވާ ފަދައިން ބިސްމި ބާރަށް ކިޔެވުމާއި ސިއްރުން ކިޔަވާ ތަންތާގައި ބިސްމިވެސް ސިއްރުން ކިޔެވުމަކީ ދަންނަބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެކެވެ. މިއިން ކޮންމެ ގޮތަކީވެސް ސުއްނަތެއް ކަމާމެދަކު ޝައްކެއްނެތެވެ. އެއީ އެދެގޮތަށްވެސް ޙަދީޘުތަކުން ފެންނާން ހުރުމާއި، ޞަޙާބީންނާއި ތާބިޢީންނާއި ތަބުޢުއް ތާބިޢީންގެ ތެރޭގައިވެސް އެދެގޮތަށް ބުރަވެވަޑައިގަންނަވާ ދަންނަބޭކަލުން ތިއްބެވީތީއެވެ.
ދީނުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން އައުލާކަމަށް ބުރަވެ ވަޑައިގަންނަވަނީ ހުރިހާ ނަމާދެއްގައިވެސް ބިސްމި ސިއްރުން ކިޔެވުމެވެ. ހަރުއަޑުން ޤުރުއާން ކިޔެވޭ ނަމާދެއްކަމުގައި ވިއަސް ވެހެވެ. އަނެއްބައި ބޭކަލުން އައުލާކަމަށް ދެކެވަޑައިގަންނަވަނީ ހަރުއަޑުން ކިޔަވާ ނަމާދުގައި ބިސްމިވެސް ހަރުއަޑުން ކިޔެވުމަށެވެ. މިގޮތަށް ބާރަށް ބިސްމި ކިޔެވުމަކީ އަޞްޙާބުންނާއި ތާބިޢީންގެ ދުވަސްވަރުގައި މައްކާގެ އެންމެހައި ޢިލްމުވެރިންގެ މަޛްހަބެވެ. އަދި މަދީނާގެ ގިނަ ޢިލްމުވެރިންގެ މަޛްހަބުވެސް މެއެވެ.
މީގެ އިތުރުން މާތް ﷲ ރުއްސުންލެއްވި މުޢާވިޔާ އިބްނު އަބީ ސުފިޔާނު މަދީނާއަށް ވަޑައިގެން ނަމާދުގައި އަލްޙަމްދުގައި بِسْمِ اللَّهِ ބާރަށް ވިދާޅުވެފައި ސޫރަތުގައި بِسْمِ ބާރަށް ވިދާޅު ނުވުމުން މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ޙާޟިރުވެ ތިއްބެވި ބޭކަލުން އެކަމަށް އިޢުތިރާޟު ކުރަށްވައި އަޑުއުފުއްލެވުމުން އެއަށްފަހުން ނަމާދު ކުރެއްވިއިރު މުޢާވިޔާ بِسْمِ ބާރަށް ވިދާޅުވުމުން އެކަމަށް ތާއީދު ކުރެއްވިހައި އަޞްހާބުން ހިމެނި ވަޑައިގަންނަވައެވެ.
(10) މާތް ﷲ ރުއްސުންލެއްވި އަނަސް އިބްނު މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. بَيْنَمَا ذَاتَ يَوْمٍ بَيْنَ أَظْهُرِنَا يُرِيدُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ أَغْفَى إِغْفَاءَةً ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا فَقُلْنَا لَهُ مَا أَضْحَكَكَ يَا رَسُولَ اللَّهِ قَالَ نَزَلَتْ عَلَيَّ آنِفًا سُورَةٌ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ فَصَلِّ لِرَبِّكَ وَانْحَرْ إِنَّ شَانِئَكَ هُوَ اْلأَبْتَرُ މާނައީ: އެއްފަހަރެއްގައި رَسُولُ اللَّهِ ﷺ ތިމަންމެންނާއެކު އިންނެވިއެވެ. އެހިނދު އެކަލޭގެފާނަށް ލޯފުޅު ލެއްޕެވޭގޮތްވިއެވެ. ދެން ކުއްލިއަކަށް ހިނިވަރުނަ ކުރަށްވަމުން އިސްތަށިފުޅު އުފުއްލެވިއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔަހާ ބޮޑަށް ހިނިވަރުނަ ކުރަށްވަނީ ކޮންސަބަބަކާ ހުރެތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ދެންމެދެންމެ ތިމަން ކަލޭގެފާނުންގެ މައްޗަށް ސޫރަތެއް ބާވައިލެއްވުނީއެވެ. އެއީ: بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ فَصَلِّ لِرَبِّكَ وَانْحَرْ إِنَّ شَانِئَكَ هُوَ اْلأَبْتَرُ މިސޫރަތެވެ.
(11) ބިސްމި ބާރަށް ކިއުމަށް ދެކެވަޑައިގަންނަވާ ބޭކަލުންގެ ތެރޭގައި ވަރަށް ގިނަ އަޞްޙާބު ބޭކަލުންގެ އިތުރުން ﷲ ރަޙުމަތްލެއްވި ތާބިޢިއްޔަ ބޭކަލުންގެ ތެރޭގައި އެރައުޔަށް ތާއީދު ކުރައްވާ ބޭކަލުން ވަރަށްވެސް ގިނައެވެ. އެބޭކަލުންގެ ތެރޭގައި މާތް ﷲ ރަޙްމަތް ލެއްވި ސަޢީދު އިބްނިލް މުސައްޔިބު އާއި ޠާއޫސު އާއި ޢަޠާ އާއި މުޖާހިދު އާއި ސަޢީދުބްނި ޖުބައިރު އާއި އިބްނި ސީރީން އާއި ޢިކްރިމާއާއި ޢަލިއްޔުބްނު ޙުސައިނުއާއި ސާލިމު އިބްނު ޢަބުދުﷲ އާއި މުޙައްމަދު އިބްނު މުންކަދިރު އާއި އަބޫބަކްރު އިބްނު މުޙައްމަދު އާއި މުޙައްމަދު އިބްނު ކަޢުބުއާއި ނާފިޢު މަވްލާ އިބްނު ޢުމަރު އާއި ޢުމަރު އިބްނު ޢަބުދުލް ޢަޒީޒު އާއި އަބުއްޝަހުނާ އާއި މަކްޙޫލާއި ޙަބީބު އިބްނު ޘާބިތު އާއި އައްޒުހުރީއާއި އަބޫޤަލާބާ އާއި ޢަލިއްޔު އިބްނު ޢަބުދުﷲ އިބްނު ޢައްބާސާާއި އަލްއަޒްރަޤު އިބްނު ޤައިސު އާއި ޢަބުދުﷲ އިބްނު މަޢުޤިލު ހިމެނި ވަޑައިގަންނަވައެވެ. އަދި ތަބުޢުއް ތާބިޢީންގެ ތެރެއިން ޢުބައިދުﷲ އިބްނި ޢުމަރުލް އަމުރީ އާއި އަލްޙަސަން އިބްނު ޒައިދު އާއި ޢަބުދުﷲ އިބްނު ހަސަނު އާއި ޒައިދުބްނި އަލިއްޔު އިބްނު ޙުސައިނު އާއި މުޙައްމަދު އިބްނު އުމަރް އިބްނި ޢަލީ އާއި އިބްނު ޢުބައްޔުއްޛިއުބު އާއި އައްލައިޘު އިބްނު ސަޢުދު އާއި އައްޝާފިޢީއާއި އިސްޙާޤު އިބްނު ރާހުވައިހި އާއި އެނޫންވެސް އެތަކެއް ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ.
ބިސްމި ބާރަށް ކިއުމަށް ބުރަވެ ވަޑައިގަންނަވަމުން އައްޝައިޚު އަބޫ މުޙައްމަދު އަލްމަޤްދަސީ ވިދާޅުވެފައި ވެއެވެ. "اَلْجَهْرُ بِالْبَسْمَلَةِ هُوَ الَّذِى قَرَّرَهُ الأَئِمَّةُ الْحُفَّاظُ وَاخْتَارُوهُ وَصَنَّفُوا فِيهِ مِثْلُ مُحَمَّدِ بْنِ نَصْرٍ الْمَرُوزِى وَأَبِى بَكْرِ بْنِ خُزَيْمَةَ وَأَبِى حَاتِمِ بْنِ حِبَّانَ وَأَبِى الْحَسَنِ الدَّارِقُطْنِى وَأَبِى عَبْدِ اللَّهِ الْحَاكِمِ وَأَبِى بَكْرٍ الْبَيْهَقِى وَالْخَطِيبِ وَأَبِى عُمَرَ بْنِ عَبْدِ الْبَرِّ وَغَيْرِهِمْ رَحِمَهُمُ اللَّهُ" މާނައީ: ޙަދީޘު އިލްމުވެރީންގެ ތެރެއިން އިމާމުންނާއި ޙާފިޒުން ކަނޑައަޅުއްވައި ނިންމަވާ ފައިވަނީ بِسْمِ ބާރަށް ކިއުމަށެވެ. އެބޭކަލުން އެގޮތަށް ބުރަވެވަޑައިގަންނަވައި އެކަމަށް ތާއީދު ކުރަށްވައި އޭގެ މައްޗަށް ފޮތްތައް ލިއުއްވާފައި ވެއެވެ. އޭގެ ތެރޭގައި އެބޭކަލުންނަށް މާތް ﷲ ރަޙްމަތްލެއްވި އިމާމު مُحَمَّدِ بْنِ نَصْرِ الْمَرُوزِى އާއި ابْنُ خُزَيْمَة އާއި ابْنُ حِبَّان އާއި الدَّارُ قُطْنِى އާއި الْحَاكِم އާއި الْبَيْهَقِى އާއި الْخَطِيبُ الْبَغْدَادِي އާއި ابْنُ عَبْدِ الْبَرِّ އާއި މިނޫންވެސް އެތަކެއް އިމާމުވެރި ބޭކަލުންނެއް ހިމެނި ވަޑައިގަންނަވައެވެ.
ބިސްމިއާމެދު ގިނަ މުޙައްދިޘުންނާ ޤާރީވެރިންގެ ރައުޔު:
الإِمَامُ الْبَيْهَقِى އެކަލޭގެފާނުންގެ ފޮތް كِتَابُ الْخِلاَفِيَّات ގައި އިމާމު جَعْفَرُ بْنُ مُحَمَّد ގެ ކިބައިން ނަޤުލު ކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "أَجْمَعَ أَصْحَابُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى جَهْرِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" މާނައީ: ކީރިތި ރަސޫލާ މުޙައްމަދު ޢަލައިހިއް ސަލާމުގެ އަޞްޙާބުން ވަނީ بِسْمِ ބާރަށް ކިއުމުގެ މައްޗަށް އެއްބަސްވެ ވަޑައިގަންފައެވެ. އަދި މާތް ﷲ ރުއްސުންލެއްވި عِكْرِمَةގެ ކިބައިން الإِمَامُ الْخَطِيبُ ނަޤުލު ކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން އެކަލޭގެފާނުން بِسْمِ ނުކިޔާ މީހެއްގެ ފަހަތުގައި ނަމާދު ނުކުރައްވަތެވެ." އަދިވެސް ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ޙުސައިންގެ ފާނުންގެ ކާފަދަރިކަލުން أَبُو جَعْفَرٍ مُحَمَّدُ بْنُ عَلِي الْبَاقِر ވިދާޅުވިއެވެ. "لاَيَنْبَغِى الصَّلاَة خَلْفَ مَن لاَّيَجْهَرُ" މާނައީ: ނަމާދުގައި ބިސްމި ބާރަށް ނުކިޔަވާ މީހެއްގެ ފަހަތުގައި ނަމާދުކުރުމީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވެއެވެ. އިމާމު އަބޫ މުޙައްމަދު ވިދާޅުވެފައި ވެއެވެ. ޤިރާއަތްތަކުގެ އިމާމުންގެ ތެރެއިން ގިނަ ޤާރީވެރިބޭކަލުންގެ އަރިހުގައި بِسْمِ ނުކިއުމީ ހުއްދަކަމެއް ނޫނެވެ. އެބޭކަލުން ވިދާޅުވަނީ ސޫރަތް ފަށާއިރު بِسْمِ ކިއުމަށެވެ. އަދި بِسْمِ ކިޔަވާ އިރުގައިވެސް ނަމާދުގައްޔާއި ނަމާދުން ބޭރުގައި އެބެއިކަލުންގެ ކިބައިން ރިވާވެގެންވަނީ بِسْمِ ބާރަށް ކިއުމަށެވެ. އަދި ޤާރީވެެރިންގެ އަރިހުން ވަރަށްމަދު ރިވާޔަތެއް މެނުވީ بِسْمِ ސިއްރުން ކިއުމަށް އައިސްފައި ނުވެއެވެ. އެގޮތަށްވެސް އައިސްފައިވަނީ ހަމައެކަނި އިމާމު ޙަމްޒާގެ އަރިހުންނެވެ.
ނުނިމޭ..

ކިޔުންތެރިންގެ ހިޔާލު