ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މިޢުރާޖަށް އަރައިވަޑައިގެންނެވިރޭ، އެކަލޭގެފާނު މާތް ﷲ ގެ ޙަޟްރަތަށް އެއިލާހުގެ 'ޢަރްޝިފުޅުގެ' އަރިހަށް ކުއްތަންވެ ވަޑައިގެންނެވިއެވެ. އެއިލާހު އެކަލޭގެފާނަށް ބަސްފުޅު ވަޙީކުރެއްވިއެވެ. އެކަލޭގެފާނު އެއިލާހަށް ޘަނާދެންނެވިއެވެ. މިއީ އެކަލޭގެފާނު ފިޔަވައި އެހެން އެއްވެސް އިންސާނަކަށް ލިބިފައިވާ އަދި ލިބޭނެވެސް ޝަރަފެއްނޫނެވެ. އެރޭ މާތް ﷲ ، އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމް މެދުވެރިކުރައްވައި މިއުންމަތަށް ހަދިޔާއެއްގެ ގޮތުގައި 50 ނަމާދު ފަރުޟުކުރެއްވިއެވެ.
ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެހިލާހުގެ ޙަޟްރަތުން އެނބުރިވަޑައިގަންނަވަނިކޮށް މޫސާ ޢަލައިހިއްސަލާމާއި ބައްދަލުވެ ވަޑައިގަތެވެ. މޫސާގެފާނު އެކަލޭގެފާނަށް ދެންނެވިއެވެ. " މާތް ﷲ ކަލޭގެފާނުގެ އުންމަތަށް ހަދިޔާކުރެއްވީ ކޮން އެއްޗެއްތޯއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " 50 ނަމާދެވެ." މޫސާގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނުގެ އުންމަތުގެ މީސްތަކުންނަށް ރެއާއި ދުވާލު 50 ނަމާދުކުރުން ބުރަކަމަކަށްވެދާނެއެވެ. ވުމާއެކު، ވަޑައިގެން އެއަށްވުރެ ލުއިކޮށްދެއްވާތޯ ދަންނަވާށެވެ."
ދެން ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ދެވަނަ ފަހަރަށް ﷲ ގެ ޙަޟްރަތަށް ވަޑައިގެން 50 ނަމާދަށްވުރެ ލުއިކޮށްދެއްވުމަށް ދެންނެވިއެވެ. މަތިވެރި މާތް ﷲ އެކަލޭގެފާނުންގެ ދެންނެވުން ޤަބޫލުފުޅު ކުރެއްވިއެވެ. އަދި 40 ނަމާދަށް ލުއިކޮށްދެއްވިއެވެ.
ދެންފަހެ، ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެނބުރި ވަޑައިގަންނަވަނިކޮށް މޫސާ ޢަލައިހިއްސަލާމާއި ބައްދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިފަހަރު ކިތައް ނަމާދުތޯއެވެ.؟ ލޮބުވެތި ރަސޫލާ ޙަދީޘްފުޅު ކުރެއްވިއެވެ. "40 ނަމާދެވެ." މޫސާގެފާނު ވިދާޅުވިއެވެ. ތިވަރުވެސް ކަލޭގެފާނުގެ އުއްމަތަށް ބުރަވާނެއެވެ. އަދި ދަންނަވާށެވެ.
އަނެއްކާވެސް ލޮބުވެތި ރަސޫލާ ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތަށް ވަޑައިގެންނެވިއެވެ. އަދި އެއަށްވުރެ ލުއިކޮށްދެއްވުމަށް އެދި ދެންނެވިއެވެ. އެހިނދު މަތިވެރި މާތް ﷲ 30 ނަމާދަށް ލުއިކޮށް ދެއްވިއެވެ. މިފަހަރުވެސް މޫސާގެފާނާއި ބައްދަލުވެވަޑައިގެން އިހުފަދައިން ވިދާޅުވިއެވެ. އަނެއްކާވެސް ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެއަށްވުރެ ލުއިކޮށްދެއްވުމަށް އެދި އިލާހީ ދަރުބާރުގައި ދެންނެވިއެވެ. މިގޮތަށް ކޮންމެ ފަހަރަކު ލުއިކޮށް ދެއްވަމުންގޮސް 10 ނަމާދަށް ވެއްޖެއެވެ. މިފަހަރުވެސް މޫސާގެފާނު އެއަށްވުރެވެސް ލުއިކޮށްދެއްވުމަށް ދަންނަވާށޭ ވިދާޅުވިއެވެ. އަނެއްކާވެސް ރަސޫލާ އެއަށްވުރެ ލުއިކޮށްދެއްވާތޯ ދެންނެވިއެވެ. އެންމެ ފަހުން 5 ނަމާދަށް ލުއިކޮށްދެއްވިއެވެ.
ދެންވެސް މޫސާގެފާނު ވިދާޅުވިއެވެ. "ތިޔަވަރުވެސް ކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންނަށް ގިނަވެދާނެއެވެ. ކަލޭގެފާނުގެ އުއްމަތުގެ މީހުންނަކީ ވަރަށް ނިކަމެތި، ބަލިކަށި ބައެކެވެ." އަދިވެސް ދަންނަވަންވީ ނޫންތޯއެވެ.؟
އެހިނދު ލޮބުވެތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނު މިއަށްވުރެ އިތުރަށް ދަންނަވަން ލަދުފުޅުގެން ވަޑައިގަންނަވަމެވެ. އަދި އެއިލާހުގެ ޙަޟްރަތަށް ވަޑައިގަންނަވަން ދެނެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. މިވަރު ތިމަންކަލޭގެފާނު ޤަބޫލުކުރައްވައި ރުހިވަޑައިގަންނަވާނީއެވެ." (ބުޚާރީ)
* އިރުޝާދު
1. ނަމާދަކީ ޚާއްޞަވެގެންވާ ކިޔުންތަކަކާއި ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަކްބީރުން ފެށޭ ސަލާން ދިނުމުން ނިމޭ އަޅުކަމެކެވެ. އެއީ މިއުއްމަތުގެމީހުންގެ މައްޗަށް ކުރުމަށް ފަރުޟު ކުރައްވާފައިވާ 5 ނަމާދެވެ. އެއީ ފަތިސްނަމާދާއި މެންދުރުނަމާދާއި ޢަޞްރުނަމާދާއި މަޣްރިބް ނަމާދާއި ޢިޝާނަމާދެވެ.
2. ނަމާދަކީ އިންސާނާއާއި އޭނާގެ ޚާލިޤުވަންތަ ރަސްކަލާނގެއާއި ގުޅުވައިދޭ އަޅުކަމެކެވެ. އަދި އެއީ ޢަމަލުތަކުގެ ތެރެއިން އެންމެ މާތް އެންމެ މަތިވެރި ޢަމަލެވެ. އެއްފަހަރެއްގައި ރަސޫލާގެ އަރިހުގައި އެންމެ މާތް ޢަމަލަކީ ކޮބައިތޯ ދެންނެވެމުން، އެކަލޭގެފާނު ޙަދީޘް ކުރެއްވީ "އެއީ ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި އަދާކުރުމެވެ." މިފަދައިންނެވެ. (ބުޚާރީ މުސްލިމް)
3. ނަމާދު ކުރަންޖެހެނީ އެނަމާދެއްގެ ވަގުތުގައެވެ. މިއީ ކޮންމެހެން ފަރުވާތެރިވާންޖެހޭ ކަމެކެވެ. މާތް ﷲ ފަރްޟު ފަސްނަމާދު އަހަރެމެންގެ މައްޗަށް ފަރްޟުކުރައްވައި، ކޮންމެ ނަމާދަކަށްވެސް ޚާއްޞަ ވަގުތެއް ކަނޑައެޅުއްވިއެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް އަހްމިއްޔަތުކަން ދެއްވައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ " ހަމަކަށަވަރުން ނަމާދުވަނީ ކަނޑައެޅޭ ވަގުތެއްގައި އަދާކުރުމަށް މުސްލިމުންގެ މައްޗަށްވާ ފަރްޟެއް ކަމުގައެވެ."
4. ޤިޔާމަތްދުވަހު ﷲ ގެ ހަޟްރަތަށް އަޅާ ކުރިމަތިލާއިރު ހިސާބު ބެއްލެވުމުގައި އެންމެ ފުރަތަމަ ބެއްލެވޭނެ ކަމަކީ އޭނާގެ ނަމާދެވެ. އަޅާގެ ޢަމަލުތައް ކާމިޔާބުވުމާއި ނުވުން އޮތީވެސް ނަމާދުގެ މައްޗަށް ބިނާވެފައެވެ. މީގެ އިތުރުން އެއީ ހަށިގަނޑާއި ފޭރާން ސާފުތާހިރުކޮށް ބަހައްޓައިދޭ ކަމެކެވެ. ފުރާނަ ތާހިރުކޮށްދޭ ކަމެކެވެ. އައީ ހަޑިހުތުރު ކަންތައްތަކުންނާއި ފާފަތަކަށް އަރައިގަތުމުން ދުރުކޮށްދޭ ކަމެއްނެއެވެ. އަދި ހަމައެހެންމެ ނަމާދުގެ ޒަރީޢާއިން މީހާގެ ކުށްތަކާއި ފާފަ ފުހެވިގެންދެއެވެ. މީހާ ސާފުތާހިރުވެގެން ދެއެވެ. ބޭރުފުށާއި އެތެރެފުށެވެ. ލޮބުވެތި ރަސޫލާގެ އަރިހުން ވާރިދުވެފައިވެއެވެ. އެއްފަހަރެއްގައި އިތުރު އެކަލޭގެފާނުގެ ލޮބުވެތި އަޞްޙާބު ބޭކަލުންނާ މުޚާތަބުކުރައްވައި ޙަދީޘް ކުރެއްވިއެވެ. "ތިޔައިން މީހެއްގެ ގޭގެ ކުރިމަތީގައި ކޯރެއްއޮވެފައި، އެކޯރުން ކޮންމެ ދުވަހަކު ފަސްފަހަރު ފެންވަރާ ކަމުގައިވާނަމަ އޭނާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ މިލައެއް، ހަޑިއެއްޗެއް ހުންނާނެ ހެއްޔެވެ؟"
މިބަސްފުޅުގެ ޖަވާބުގައި އަޞްޙާބު ބޭކަލުން "ނުހުންނާނެއޭ" ދެންނެވުމުން ޙަދީޘްފުޅު ކުރެއްވިއެވެ. ފަރްޟު ފަސްނަމާދުކުރުން މިފަދައެވެ. އޭގެ ސަބަބުން މާތް ﷲ އެމީހާގެ އެންމެހާ (ކުދި) ފާފަތަކެއް ފުއްސަވާ ދެއްވާނެއެވެ. (ބުޚާރީ- މުސްލިމް)
5. ނަމާދަކީ މުޢުމިނުންގެ މިޢުރާޖެވެ. އެބަހީ ބިމުގައި ހުރެގެން ﷲ ގެ ޙަޟްރަތަށް ސީދާ ކުށްތަންވެވޭ އަޅުކަމެވެ. ނަމާދަކީ އިސްލާމްދީން އެއެއްޗެއްގެ މައްޗަށް ބިނާކުރެވިފައިވާ، ތަނބެވެ. ދީން ދެމެހެއްޓޭނީ ނަމާދު ޤާއިމުކޮށްގެންނެވެ. ނޫންބަމަ ދީން ނެތި ހިނގައިދާނެއެވެ. އަދި އިސްލާމްދީނާއި ކާފިރުކަމާ ދެމެދު ވަކިކުރެވޭ އިންފާރަކީވެސް ނަމާދެވެ. ކޮންމެއަކަސް ނަމާދު ނުކުރާމީހަކީ މުސްލިމެއް ކަމުގައި ބެލެވޭނެ މީހެއް ނޫނެވެ.
* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު