ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެ އެތައް ބައެއްގެ ލޯބި އަދިވެސް ލިބެމުންދާ މަޝްހޫރު ފިލްމީތަރި އަނޫޕަމް ކޭރް ގެ 519 ވަނަ ފިލްމު އިއުލާންކޮށްފިއެވެ.

އަނޫޕަމް ދެން ފެނިގެންދާނީ ފިލްމީތަރި ނީނާ ގުޕްތާ އާއިއެކު، "ޝިވް ޝާސްތުރީ ބަލްބޯ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. މި ފިލްމުގައި ދައްކުވައިދޭނީ އިންޑިއާގެ ދެމަފިރިއަކު އެމެރިކާގައި ވަޒަންވެރިވެ ދިރިއުޅެމުންދާ މަންޒަރެވެ.

ޔޫ އެފް އައި މޯޝަން ޕިކްޗަރސްގެ މިފިލްމު ޑައިރެކްޓު ކުރަނީ އިންޑިއާގެ މަލަޔާލަމް ފިލްމުތައް ޑައިރެކްޓު ކޮށްގެން މަޝްހޫރުކަން ލިބިފައިވާ އަޖަޔަން ވެނުގޯޕަލަން އެވެ.



1984 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ސާރަންޝް އިން ބޮލީވުޑަށް ތައާރަފް ވެގެންދިޔަ އަނޫޕަމް މިހާތަނަށް 500 އަށް ވުރެއް ގިނަ ފިލްމުން ފެނިގެންގޮސްފައިވާއިރު، އޭނާއަށްވަނީ އިންޑިއާގެ އިތުރުން އެމެރިކާގެ އެކި ފިލްމީ ދާއިރާގެ އެވަރޑްތައްވެސް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން