ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް
ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް
ކުރިން އޮތް މިންވަރަށް އިޤްތިޞާދު އިޔާދަވާން ދިގު ދަތުރެއް ކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓް ރިޕޯޓު ގައި ބުނެފައިވަނީ, ފަތުރުވެރިކަން ކުރިއަރައި ކޯވިޑްގެ ރާޅުތަކުން އަރައިގަތުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅިފިޔަވަޅު ތަކުގެސަބަބުން ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވަމުން އެބަދާކަމަށާއި, ނަމަވެސް އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދު ވެސް ކުރިން އޮތް މިންވަރަށް ވާސިލްވުމަށް އަދި ދިގު ދަތުރެއް ކުރަންޖެހޭ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ, 1.1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފިނަމަ މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 22.3 އިންސައްތައިގައި އަދި އަންނަ 2022 ވަނަ އަހަރު 11 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ގައި އިއާދަވާނެ ކަމަށް ބެލެވޭ ކަމަށާއި, ރާއްޖޭގެ ފަގީރުންގެ ނިސްބަތް މި ހިނގާ 2021 ވަނަ އަހަރު 9.1 އިންސައްތައަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 އިންސައްތައަށް ވެއްޓޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

"މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިގްތިސާދީ ކާރިސާ އިން އަރައިގަންނައިރު ކުރިއަށް ވުރެ ރަނގަޅަށް އަދި ކާރިސާ ތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސާދު ފުޅާކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.



މީގެ އިތުރުން ހިދުމަތްތަކުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދީ ކުރިއެރުމުގެ ފައިދާ އެންމެ އެކަށޭނެ ގޮތުގައި ނެގުމަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކުން ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، އުފެއްދުންތެރި ހިޔާލުތަކާއި ވާދަވެރިކަން ކުރިއަރުވާނެ މުއައްސަސާތައް ގާއިމްކުރަން ޖެހޭކަން ވޯލްޑް ބޭންކްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށްޓަކައި އެދާއިރާއިން މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަން ޖެހޭކަންވެސް ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން