ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދިޔަ ހާދިސާއަކީ އަދާލަތު ޕާޓީ އަޑީގައި އޮވެ ކުރި ކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ ތުހުމަތުކުރައްވައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އިންޒާރުތަކެއް ދެއްވައިފިއެެވެ.

ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދިޔަ ފޮޓޯތަކެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މެމްބަރު މުހަންމަދު ރާއީ ވިދާޅުވީ އެކަމަކީ ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީ އޮވެ އަދާލަތުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ކަމެއް ކަމަށެވެ. އަދި އަދާލަތުން މަސައްކަތް ކުރަނީ ސަރުކާރުގައި އޮވެ އެޕާޓީގެ ވަރުހުރިކަން ދެއްކުމަށް ކަމަށް ރާއީ ވިދާޅުވިއެވެ.



"ނަމަވެސް އެކަން ނުކުރެވޭނެ. އަދި އިތުބާރުނެތް ކަމުގެ މައްސަލަ ވައްދާނަން." ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު ދެއްވަމުން ރާއީ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އެމްބިއުލާންސެއް މަކުނުދޫއަށް ފޮނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.

ހދ. ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަޝްރޫއު ލަސްވާތީ މީގެ ކުރިން ވެސް ރާއީ ވަނީ ވަޒީރު އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަޝްރޫއު ކުރިއަށް ނުދަނީ ވަޒީރު އިމްރާން އެކަމަށް ހުރަސް އަޅުއްވާތީ ކަމަށް ރާއީ ވަނީ ތުހުމަތުކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން