އެމެރިކާގެ ރައީސް ޖޯ ބަައިޑެން ސިއްހީ ގޮތުން ހައްދަވަން ޖެހިވަޑައިގަންނަވާ ޗެކަޕްތަކެއް ހައްދަވާތީ، ވަގުތީގޮތުން ނަމަވެސް، އެމެރިކާގެ ރައީސްކަމުގެ ބާރުތައް ލިބިވަޑައިގަންނަވާ ފުރަތަމަ ބޭކަނބަލަކަށް، ނައިބު ރައީސާ ކަމަލާ ހެރިސް ވެވަޑައިގެންފިއެވެ.

"ކޮލޮނޯސްކޯޕީ" އަށް، ހޭނައްތާ އިންޖެކްޝަން ބައިޑެންއަށް ދޭތީ، ވަގުތީ ގޮތުން ކަމަލާއަށް ރައީސް ކަމުގެ ބާރުތައް ހަވާލު ކުރެއްވުމަށް ރައީސް ބައިޑެން ވަނީ ނިންމަވާފައެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ ހުރިހާ ނިންމުންތަކެއްވެސް ނިންމަވާނީ ކަމަލާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އެކަމަނާ މަސައްކަތްތައް ކުރައްވަމުން ގެންދަވާނީ ވައިޓްހައުސްގެ ހުޅަނގު ވިންގުގައި ހުންނަ އެކަމަނާގެ އޮފީހުގައިކަމަށް ވައިޓްހައުސްގެ ޕްރެސް ސެކެޓަރީ ޖެންސާކީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާ-ޖެމެއިކާއަށް ނިސްބަތްވެވަޑައިގަންނަވާ ކަމަލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސާއަކަށް ވެވަޑައިގަތުމުގެ އިތުރުން، "މިކްސްޑް ރޭސް" އަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ނައިބު ރައީސްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން