ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ މި ސަރުކާރުން ތަރައްޤީގެ ރޮނގުން ކޮށްފައިވާ މަސައްކަތެއް ފެންނަން ނެތް ވާހަކައެވެ. މި ސަރުކާރުން ބޮޑެތި ޢަދަދުތަކުން ބަޖެޓުގައި ފައިސާހިމަނައި ކަމެއް ނުކޮށް އަތް އުރާލައިގެން ތިބޭ ވާހަކައެވެ. މިފަދަ ފަރާތްތަކުން މިސާލެއްގެ ގޮތުން ދައްކަނީ ރައީސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ ކޮންކްރީޓް ބޮޑެތި ތަރައްޤީތަކުގެ ވާހަކައެވެ.
ބްރިޖާއި ބޮޑެތި ޓަވަރުތައް ނެތްނަމަ އެއީ ތަރައްޤީ ނޫންކަމަށް ދައްކަން މަސައްކަތްކުރާ ފަރާތްތަކަށް ޙަޤީގަތުގައި 5 އަހަރު ދުވަހުގެ ދައުރެއް ނިންމާލިއިރު ކުރެވުނު އިތުރު މަސައްކަތެއް ނުވެސް ނެތީއެވެ. އަތޮޅުތެރެއަށް ގެނެވުނު ތަރައްޤީއެއް ނެތި ރަށްތައް އެކަހެރި ކުރި 5 އަހަރު ނިމި ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 3 އަހަރުގައި އަތޮޅުތެރޭގެ ރަށްތަކުގައި ޢުމްރާނީ ނުވަތަ ކޮންކްރީޓް ތަރައްޤީގެ މަޝްރޫޢުތައް ވަނީ މެކުހަށް ޖަހާފައެވެ.
ރައީސް ޞާލިޙް 17 ނޮވެންބަރު 2018ގައި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން މުޅިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޚާއްސަ އިސްކަމެއްދެއްވައިގެން ވަނީ މަސައްކަތް ފަށްޓަވާފައެވެ. ކޯވިޑާ ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު ދޮޅުއަހަރު ދުވަސް ގެއްލިގެން ދިޔަ ނަމަވެސް ރަށްރަށުގެ މަޝްރޫޢުތައް ނިންމުމުގައި ސަރުކާރުން ވަނީ ކާމިޔާބު ހޯދާފައެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ފޮތް ފަންސޫރަށް ސަލާން ޖަހަން ނުޖެހޭނޭ ފަދައިން ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް ތަޢުލީމީ، ޤާބިލް ދިވެހި ދަރީންތަކެއް އުފެއްދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ. އެ އަމާޒަށް ވާސިލު ވުމަށްޓަކައި ފާއިތުވީ 3 އަހަރު ރާއްޖޭގެ ސްކޫލުތަކުގައި އުމްރާނީ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓް ތަކެއް މި ސަރުކާރުން ވަނީ ހިންގާފައެވެ.
އެގޮތުން ރަށްރަށުގެ ސްކޫލްތަކުގެ ޖާގައިތުރުކުރުމަށް 1171 ކްލާސްރޫމް މި ސަރުކާރުން ވަނީ ތަރައްޤީ ކޮށްފައެވެ. ހަމައެއާއެކު 73 ސްކޫލެއްގައި މަލްޓި ޕަރޕަސް ހޯލް ބިނާ ކޮށްފައިވާއިރު ދަރިވަރުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމަށްޓަކައި 297 ރޫމް މި ސަރުކާރުން ވަނީ ތަރައްޤީ ކޮށްފައެވެ.
މީގެ އިތުރުން 11000 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން މިހާރު މަތީތަޢުލީމް ޙާސިލްކުރަމުންގެންދާ ދަރިވަރުންނަށް ސަރުކާރުންވަނީ 327 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
ހަމައެއާއެކު ދުނިޔޭގެ 20 ގައުމެއްގައި 493 ދަރިވަރުން ދަނީ ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ތައުލީމު ހާސިލު ކުރަމުންނެވެ. ސްކޮލަރޝިޕް ސްކީމްތަކަށް ސަރުކާރުން ވަނީ 327 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މީގެ އިތުރަށް ލޯން ސްކީމަށް 767 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައި ވެއެވެ.
ހުރިހާކުދިން ޝާމިލްކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އާބާދީ މަދު ރަށްތަކުގެ ކުދިންނަށް ރަށުގައި ތިބެގެން ތަޢުލީމް އުނގެނުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށްޓަކައި ސެޓެލައިޓް ސްކޫލް ޕްރޮގްރާމްގެ ދަށުން ކިޔަވައިދޭން ފެށުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޖެނުއަރީ 16 ގައި ފަށާއިރު މި ޕްރޮގްރާމް ފެށުމަށް ނިންމާފައެވެ.
"ސެޓެލައިޓް ސްކޫލް" ޤާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގައެވެ. މިމަސައްކަތުގެ ދަށުން، ބ.ފެހެންދުއާއި ވ.ރަކީދޫ އާއި ވ.ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ވަނީ ފަށާފައެވެ. އެ ޕްރޮގްރާމަށް ދައުލަތުގެ ބަޖެޓުން 4 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުންނެވެ.
ހަމައެކަނި މާލެއަށް ބަލައިގެން ސަރުކާރުގެ މަސައްކަތް ވަޒަންކުރާ ބަޔަކަށް އޮޅިފައި އޮތް ޙަޤީޤަތަކީ އަތޮޅު ތެރޭގައި ހިންގަމުންދާ މަޝްރޫޢުތަކުގެ މުހިންމުކަމާއި ގިނަ ކަމެވެ. ޚާއްސަކޮށް ތަޢުލީމީ ދާއިރާއިންނެވެ. އެގޮތުން ރަށްރަށުގައި ޢިމާރާތް ކުރަމުންދާ ސްކޫލްތަކާއި އިތުރު ހަރުފަތަކަށް އަތޮޅުތެރޭގެ ތަޢުލީމީ ޙާލަތު ގެންދިއުމަށް މިސަރުކާރުން ކުރަމުންދާ ބޮޑެތި މަސައްކަތްތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.

ކިޔުންތެރިންގެ ހިޔާލު