ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށް ތައިލެންޑަށް އެތެރެވާ ފަތުރުވެރިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ލުއިދޭން ނިންމައިފިއެވެ.

ކޮވިޑާ ގުޅިގެން ފަތުރުވެރިކަން ދަށަށްގޮސްފައިވާ ތައިލެންޑުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް "ޓެސްޓް އެންޑް ގޯ" ގެ ނަމުގައި މިދިޔަ އަހަރު ތައާރަފް ކުރި ސްކީމް މެދުކަނޑާލައިފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކުއެވެ. މި ސްކީމްގެ ދަށުން، ތައިލެންޑަށް އެތެރެވާ ފަތުރުވެރިން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ޕީސީއާރް ޓެސްޓު ހެދުމަށްފަހު ނެގަޓިވް ނަތީޖާ އަކާއެކު ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

ނަމަވެސް ތައިލެންޑުގައި ކޮވިޑް ކޭސްތައް މަދުވާން ފެށުމާއިއެކު އެގައުމުގައި ކޮވިޑް-19 ގެ ކަންކަމާ ބެހޭ ވުޒާރާއިން ވަނީ "ޓެސްޓް އެންޑް ގޯ" ސްކީމް އަލުން ތައާރަފް ކުރުމަށް ނިންމާފައެވެ. އެގޮތުން ފެބްރުއަރީމަހުން ފެށިގެން ތައިލެންޑަށް އެތެރެވާ ފަތުރުވެރިން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ޕީސީއާރް ޓެސްޓު ހެދުމަށްފަހު ނެގަޓިވް ނަތީޖާ އަކާއެކު ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އަދި ހަމަ މިސްކީމްގެ ދަށުން، ތައިލެންޑަށް އެތެރެވުމަށްފަހު ފަސް ދުވަސް ފަހުން ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ.

މިސްކީމްގެ ދަށުން ހަދާ ކޮންމެ ކޮވިޑް ޓެސްޓަކަށް ފަހު ނަތީޖާ ލިބެންދެން އެކަހެރިވެ ހުންނަން ޖެހޭނެކަމަށްވެސް ތައިލެންޑުގެ ކޮވިޑް-19 ގެ ކަންކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން