އޮކްސިޖަންގެ ސަބަބުން ރޯދައަށް އަސަރު ކުރާނެތޯ؟

ނޭވާލުމުގެ ނިޡާމަށް ބަލިޖެހިފައިވާ މީހުން ރޯދައަށް ހުންނަ ވަގުތުގައި އާޓިފިޝަލް އޮކްސިޖަން ދޭން ޖެހެއެވެ. މީގެ ސަބަބުން ރޯދަ ގެއްލޭނެތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ބަލި މީހުންނަށް ދެވޭ އޮކްސިޖަން ގެ ސަބަބުން ރޯދަ އެއް ނުގެއްލޭނެއެވެ. ސަބަބަކީ މިގޮތުން ދެވޭ އޮކްސިޖަން އަކީ އެއްވެސް އެހެން އެއްޗެއް އެއާއި އެއް ކުރެވިފައިވާ އެއްޗަކަށް ނުވާތީވެއެވެ. އެހެންކަމުން، ޠަބީޢީ ވައިގެ ތެރެއަށް ނޭވާލުން ފަދައެވެ. والله أعلم

ނާރަށް ޖަހާ އިންޖެކްޝަންގެ ސަބަބުން ރޯދައަށް އަޘަރު ކުރާނެބާ؟

އަޅުގަޑުގެ ރަޙްމަތްތެރި އެކެވެ. އޭނާ އަކީ ކެންސަރަށް ފަރުވާ ހޯދަމުން ދާ މީހެކެވެ. އޭނާގެ ބަލި ޙާލަތު ހުރި ގޮތުން ރޯދަ އަށް ހުންނަ ވަގުތުގައިވެސް ނާރަށް ހުންނަނީ އިންޖެކްޝަނެއް ގުޅާފައެވެ. އޭނާގެ ރޯދަ ކަމުދާނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ރޯދަވެރިޔާ ރަމަޟާން މަހު ދުވާލުގެ ވަގުތުގައި އިންޖެކްޝަން ޖެހުމުގައި އޮތީ ދެޙާލަތެކެވެ. އެއީ:

- މި އިންޖެކްޝަނީ އޭގެ ސަބަބުން ގައިގާ ބާރު ޖައްސާ އެއްޗެއް ކަމުގައިވުން. އެގޮތުން މި އިންޖެކްޝަން ޖެހުމުން ކެއުމާއި ބުއިމުން ދުރުހެލި ކުރުވާފަދަ އިންޖެކްޝަނަކަށް ވުން. މިފަދަ އިންޖެކްޝަން ޖަހައިފިނަމަ ރޯދަ ގެއްލޭނެއެވެ.- ގައިގާ ވަރު ޖައްސާ ވައްތަރުގެ އިންޖެކްޝަނަކަށް ނުވުން. މިފަދަ އިންޖެކްޝަން ޖަހައިގެން ރޯދަ އެއް ނުގެއްލޭނެއެވެ. މިފަދަ އިންޖެކްޝަން ނާރަށް ޖެހިޔަސްވެސް އަދި މަސްގަނޑަށް ޖެހިޔަސްވެސް ފަތާތެއް ނެތެވެ. އެބަހީ ރޯދަ އެއް ނުގެއްލޭނެއެވެ. ނަމަވެސް މިފަދަ އިންޖެކްޝަން ތައް ރޭގަނޑުގެ ވަގުތުގައި ޖެހުން އެއީ އެންމެ މޮޅު ގޮތެވެ. والله أعلم

ދޫ ދަށުގައި ބާއްވާ ބޭސްގުޅައިގެ ސަބަބުން ރޯދަ އަށް އަޘަރު ކުރާނެބާ؟

ހިތުގެ ބަލިމީހުން ބޭނުން ކުރާ ބޭސްގުޅައެކެވެ. މިގުޅަ ބާއްވަން ޖެހެނީ ދުލުގެ ދަށުގައެވެ. ދިރުވާކަށް ނުޖެހެއެވެ. ނަމަވެސް ހަށިގަނޑަށް އެގުޅައިގެ އަޘަރު ކުރުވައެވެ. މިފަދަ ބޭސް ގުޅަ އެއްގެ ސަބަބުން ރޯދަ ގެއްލޭނެތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

މެޑިކަލް ޑޮކްޓަރ އިން ބުނާގޮތުގައި ދުލުގެ އަޑި އަކީ ހަށިގަނޑަށް ބޭހުގެ އަޘަރު އެންމެ އަވަހަށް ކުރުވާ ހިސާބެވެ. އެހެންކަމުން ހާޓް އެޓޭކް ޖެހެން ކައިރިވުމުން ދުލުގެ ދަށުގައި ބޭސްގުޅަ ބޭއްވުމުން ވަރަށް ފަސޭހަ ކަމާއި އެކުގައި ހިތުގެ ލޭހޮޅި ތަކުން ލޭ ދަތުރު ކުރަން ފަށައެވެ. އަދި ހާޓް އެޓޭކް ޖެހުމުން މީހާ ސަލާމަތް ކޮށް ދެއެވެ.

މިފަދަ ގުޅަ އަކުން ރޯދަ އެއް ނުގެއްލޭނެއެވެ. ސަބަބަކީ އޭތި ލޮއިލަނީ ހަމައެކަނި އަނގައިގެ ތެރޭގައެވެ. އޭގެ އެއްވެސް މިންވަރެއް ގޮހޮރާއި ހަމައަކަށް ނުދެއެވެ. މިފަދަ ބޭހެއް ބޭނުން ކުރަން ޖެހިއްޖެނަމަވެސް ގޮހޮރާއި ހަމައަށް ނުގޮސްވޭތޯ ބަލަން ޖެހޭނެއެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން