އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވެއްޖެއެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައިކަން ޔޫއޭއީގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒުން ވަނީ ޔަގީންކަން ދީފައެވެ. އެމަނިކުފާނު އަވަހާރަވިއިރު، އުމުރުފުޅުން 73 އަހަރު ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަނިކުފާނު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާނަކީ ޔޫއޭއީގެ ފުރަތަމަ ރައީސް، ޝެއިޚް ޒައިދް ބިން އަލް ސުލްތާން އަލް ނަޙްޔާންގެ ދޮށީ ދަރިކަލުންނެވެ. ބައްޕާފުޅު އަވަހާރަވުމާއިއެކު ޝެއިޚް ޚަލީފާ ޔޫއޭއީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން 40 ދުވަހަށް އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ދުވަހުގެ މުއްދަތަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ އޮފީސްތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން