ބިއުޓީ ސީކްރެޓްސްގެ އާ ފިހާރަ: އެ ފިހާރަ ހުންނަނީ އަހުމަދިއްޔާ ސުކޫލް ކުރިމަތީގައި
ބިއުޓީ ސީކްރެޓްސްގެ އާ ފިހާރަ: އެ ފިހާރަ ހުންނަނީ އަހުމަދިއްޔާ ސުކޫލް ކުރިމަތީގައި
ބިއުޓީ ސީކްރެޓްސް އިން މި ޖުލައި މަހުގެ 10 އާއި ހަމައަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބިއުޓީ ސީކްރެޓްސް އަކީ ރީތިވާ ސާމާނު ނުވަތަ ކޮސްމެޓިކްސްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކައި، އާންމުންގެ ވަރަށްބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ފިހާރައެކެވެ. އަގުހެޔޮ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ހޯދުމަށް އެންމެ ގިނަ ބަޔަކު މިހާރު ޒިޔާރަތް ކުރާ އެއް ފިހާރައަކީ ބިއުޓީ ސީކްރެޓްސްއެވެ.

ބުރުޒު މަގު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އުތުރުގައި ހުންނަ ބިއުޓީ ސީކްރެޓްސް އިން ބުނީ، މިހާރު ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން ހުރިހާ ބާވަތްތަކުން ވެސް 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ފިހާރައިން ލިބޭ އެކި ބާވަތްތަކުގެ ތެރޭގައި ކޮލާޖަން ޕްރޮޑަކްޓާއި ވިޓަމިން އީ ޕްރޮޑަކްޓާއި ގުދުރަތީ އެކި ކަހަލަ މާއްދާތައް ހިމެނޭ ޕްރޮޑަކްޓްތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ މެލޭޝިޔާގެ މޮޅު އުފެއްދުމެއް ކަމަށްވާ ޓެމްލާވޯކް ޕްރޮޑަކްޓްގެ ބާވަތްތައް ވެސް އެންމެ އަގުހެޔޮކޮށް ވިއްކަނީ ބިއުޓީ ސީކްރެޓްސްއިންނެވެ.

މާލޭގައި ހުންނަ ބިއުޓީ ސީކްރެޓް ފިހާރައިން ރީތިވުމަށް ބޭނުންވާ ސާމާނުގެ އިތުރުން، ހަށިގަނޑަށް ގެއްލުމެއް ނުލިބި ބޭނުން ސައިޒަކަށް ހިއްކާލާ ކުޑަކޮށްލަން ބޭނުންވާ އެކިއެކި ކޮލިޓީ ޕްރޮޑެކްތައްވެސް ލިބެން ހުރެއެވެ. މީގެތެރޭގައި މިދެންނެވި ގޮތަށް ހަށިގަނޑު ހިއްކާލަދޭ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ގުޑް ވާޗިއުސް ކޯގެ ފޭސް އަދި ބޮޑީގެ ހުރިހާ ޕްރޮޑަކްޓެއްވެސް ވިއްކަނީ ބިއުޓީ ސީކްރެޓްސް ފިހާރައިންނެވެ. އޭގެ އިތުރުން މޫނު ދޮންކޮށްލާ އެކި ބާވަތްތަކުގެ ކްރީމްތަކާއި މޫނުގެ ހަންގަޑު އަލިކޮށް ސާފުކޮށް، އަރާމް ލިއްބައިދޭ ފޭސް ވޮޝް އަދި ފޭސް ސްކަރަބާއި ބޮޑީ ސްކްރަބްވެސް އެންމެ އަގުހެޔޮކޮށް ވިއްކާ ފިހާރައަކީ ބިއުޓީ ސީކްރެޓްސް އެވެ.

ބިއުޓީ ސީކްރެޓްސް ފިހާރައިން ލިބެން ހުންނަ ސާމާނުގެ ތެރޭގައި ހަންގަނޑުގެ ދުޅަހެޔޮކަމާއި ރީތިކަމާއި ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީވެދޭ ތަފާތު ޕްރޮޑަކްޓްސްއާއި އިސްތަށި ފޭބުމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް އެހީވެދޭ އޮރިޖިނަލް ކޮލިޓީ ޕްރޮޑަކްޓް ތަކުގެ އިތުރުން މޭކަޕް ކުރުމަށް ބޭނުންކުރާ އެކި އެކި ސާމާނު ވެސް ހިމެނެއެވެ.

މާބޮޑު ބުރައެއް ނޫފުލައި މީހާ ލޫޅާފަތިކޮށްލައި، ހަށިގަނޑުގެ ބައްޓަން ރީތިކޮށްލަން ބޭނުން ނަމަ އެކަމަށް އެންމެ ޔަގީން އަދި ފެންވަރު ރަނގަޅު ބާވަތްތައް ލިބެން ހުރީ ބިއުޓީ ސީކްރެޓްސްގެ ފިހާރަތަކުންނެވެ.

ރީޓެއިލް ކޮށާއި އަދި ހޯލްސޭލްކޮށް ވެސް ރީތިވާ ސާމާނާ، ކޮސްމެޓިކްސްގެ ފެންވަރު ރަނގަޅު އެކި ބާވަތްތައް އެންމެ އަގުހެޔޮކޮށް މިހާރު ލިބެން ހުރިއިރު ފިހާރައަށް ޒިޔާރަތް ނުކުރެވޭނަމަ ބިއުޓީ ސީކްރެޓްސްގެ، 9744014 ނަންބަރު ފޯނަށް ގުޅާލުމުން ގަންނަ ޕްރޮޑަކްޓްތައް ހިލޭ ޑެލިވަރީ ކޮށްދޭ ގޮތަށްވެސް ވަނީ ހަމެޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން