ސްކޫލް ތަކުގެ ދިރާސީ އައު އަހަރާއި ގުޅުވައިގެން އެސްޓީއޯއިން ކުރިއަށްގެންދާ ބެކްޓު ސްކޫލް ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.


މި ޕްރޮމޯޝަނަކީ 01 އޮގަސްޓް 2022 އިން 31 އޮގަސްޓް 2022 ގެ ނިޔަލަށް، އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެ ޕްރޮމޯޝަނެކެވެ.

ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ބައްލަވައި ގަންނަފަރާތް ތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެކަމަށް އެސްޓީއީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ޕްރޮމޯޝަން ނިމުމުން ހޮވާ ނަސީބުވެރިންގެ ތެރެއިން، ރީޓެއިލްގެ ތިންވަން ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެއިތުރުން، ހޯލްސޭލް ގެ ތިންވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގަކާއި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެއް ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. ދެވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސްގެ ފެންކައްކާ ޖަގަކާއި، ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝަރ ކުކާރ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނަ ނަސީބުވެރިޔާއަށް 327ލ ގެ ޗެސްޓް ފްރީޒާ އެއް ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އަދި ހަމަ މިޕްރޮމޯޝަނުގެ ދަށުން، ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް 1ލީޓަރ ކިރު ޕެކެޓް  އަދި ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕް އެއް ލިބޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މި ކަޕް އަކީ ލިމިޓެޑް އެޑިޝްނަން ކަޕް ތަކެއްކަން އެސްޓީއޯއިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ސްޓޮކް ހުސްވާދެން ކަސްޓަމަރުންނަށް މިކަޕް ދޫކުރަމުން ދާނެކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު