އަަލަމްގީރާއެކު ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި ފެންނަ ކަމަށް ބުނާ ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ "ރަސް އޮންލައިން" އަށް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރި އާއެކު ގުރޫޕް ހަދައިގެން ގުޅުން ހިންގާ ވީޑިއޯއެއް ރޭ ވަނީ އިންޓަނެޓްގައި ލީކު ކޮށްލާފައެވެ.

އެ ވީޑިއޯއިން ފެންނަ އެކަކަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް އޭނާ ދަންނަ ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

އޭނާ ސަސްޕެންޑް ކުރިކަން ކަށަވަރު ކޮށްދެއްވަމުން ހަފްސީ މިއަދު ވިދާޅުވީ، އެ މައްސަލައިގައި އެ މިނިސްޓްރީގެ މުވައްޒަފަކަށް ތުހުމަތު ކުރެވިފައިވާ ކަމަށާ ތުހުމަތު ކުރެވޭ އެ މިނިސްޓްރީގެ މުވައްޒަފު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭއިރު އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން